މާލޭގެ އޯކިޑް މަގުން ވަރަށް ބާރަށް ދުއްވާފައި ދިޔަ އެމްބިއުލާންސްއެއް ކޮންޓްރޯލް ނުވެ އެކްސިޑެންޓްވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އޯކިޑު މަގުން ދުއްވައިފާ ދިޔަ އެމްބިއުލާންސެއް އެމަގުގައި ޕާކުކޮށްފާ ހުރި ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު މިރޭ 7:55 ހާއިރު ފުލުހަށް ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފާ ނުވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އެކްސިޑެންޓުގައި މީހަކަށް އަނިޔާ ނުވި ނަމަވެސް ހައެއްކަ ސައިކަލު ވަނީ ވެއްޓިފައެވެ. ނަމަވެސް ސައިކަލުތަކަށް ލިބުނު ގެއްލުން އަދި ސާފެއް ނުވެއެވެ.