އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ލާ ނިމި، ބައެއް ވޯޓް ފޮށިތަކުގެ ނަތީޖާ ގުނައި ނިމިފައިވާ އިރު މިހާރު ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޗެއާޕާސަންގެ މަގާމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކުރި ހޯއްދަވައިފިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި 282 ވޯޓު ފޮށީގެ ތެރެއިން 34 ވޯޓު ފޮއްޓެއްގެ ވަގުތީ ނަތީޖާ މިހާރު ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާ ފައްޔާޒް އަށް ވަނީ 66 ޕަސެންޓް ވޯޓާއެކު ކުރި ހޯއްދަވާފައެވެ.
މިހާތަނަށް އިއުލާން ކުރި ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އިމްތިޔާޒް ފަހުމީއަށް ލިބިވަޑައިގެންފައި ވަނީ 34 ޕަސެންޓް ވޯޓެވެ.
ވޯޓުގެ ވަގުތީ ނަތީޖާ މި ވަގުތާ ހަމައަށް:
- ހއ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 69 ޕަސެންޓް، އިންތި 31 ޕަސެންޓް
 - ހދ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 7 ޕަސެންޓް، އިންތި 93 ޕަސެންޓް
 - ށ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 66 ޕަސެންޓް، އިންތި 34 ޕަސެންޓް
 - ނ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 58 ޕަސެންޓް، އިންތި 42 ޕަސެންޓް
 - ރ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 76 ޕަސެންޓް، އިންތި 24 ޕަސެންޓް
 - ބ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 62 ޕަސެންޓް، އިންތި 38 ޕަސެންޓް
 - ޅ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 80 ޕަސެންޓް، އިންތި 20 ޕަސެންޓް
 - ކ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 68 ޕަސެންޓް، އިންތި 32 ޕަސެންޓް
 - އއ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 64 ޕަސެންޓް، އިންތި 36 ޕަސެންޓް
 - އދ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 30 ޕަސެންޓް، އިންތި 70 ޕަސެންޓް
 - ވ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 47 ޕަސެންޓް، އިންތި 53 ޕަސެންޓް
 - މ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 65 ޕަސެންޓް، އިންތި 35 ޕަސެންޓް
 - ފ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 73 ޕަސެންޓް، އިންތި 27 ޕަސެންޓް
 - ލ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 67 ޕަސެންޓް، އިންތި 33 ޕަސެންޓް
 - ގދ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 97 ޕަސެންޓް، އިންތި 3 ޕަސެންޓް
 
މި އިންތިހާބުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަ ކުަރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވަނީ މިހާރު އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން 70 ޕަސެންޓް ވޯޓާ އެކު ކުރި ހޯއްދަވާފައެވެ.
