އެސްޓީއޯ އިން ކުޑަކުދިންގެ ދުވަސް ފާހަގާކުރުމުގެ ގޮތުން އައިވީޗިލްރަންސްޑޭގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް މިއަދު އެސްޓިއޯ ޕީޕަލްސް ޗޮއިސްގައި ބާއްވައިފިއެވެ.

ތަފާތު ހަރަކާތް ތަކާއެކު އައިވީ ޔޯގަޓަށް ހާއްސަކޮށް ނަންދެވިގެން ކުރިއަށް ދިޔަ މި ހަވީރުގައި ކުޑަކުދިންގެ މަގޫބޫލު ހޯދާފައިވާ "ރޮބޯމޭން" ވަނީ ކުޑަކުދިންގެ ހާއްސަ ޔޯގަޓް ޑްރިންކް ގެ އާ ޕެކެޓެއްވެސް ދައްކާލާފައެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނިން ބާޒާރަށް ނެރެ ވިއްކަމުންދާ އައިވީ ޔޯގަޓް ޑްރިންކް އަކީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް ހާއްސަ ސިއްހަތަށް ފައިދާހުރި ގިނަ މާއްދާތަކެއް އެކުލެވިގެންވާ ޔޯގަޓް ޑްރިންކެއް ކަމަށާއި ތައިލެންޑުގެ މަޝްހޫރު އައިވީ އުފެއްދުމަށް ބޭނުންކުރަނީ ޗެކް ރިޕަޕްލިކްއިން އިންޕޯޓް ކުރާ އެންމެ ތާޒާ ކިރު ކަމަށެވެ.

އައިވީގައި 6 ފްލޭވާއެއް ހިމެނޭއިރު އެއީ އޮރެންޖް، ބްލޫބެރީ، ލައިޗީ، ޕުލައިން، ސްޓޯބެރީ އަދި މިކްސް ފުރުޓެވެ. ޕީޕަލްސް ޗޮއިސްގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމުގެ އިތުރުން ކުޑަކުދިންގެ ދުވަހަށް ހާއްސަކޮށް އެސްޓީއޯއިން ވަނީ އެސްޓީއޯގެ އެކި ޑިޕާޓްމަންޓްތައް ޑެކަރޭޓްކޮށް މުވައްޒަފުންގެ ކުދިންނަށް މަސައްކަތުގެ މާހައުލު ދައްކާލާފައެވެ.