ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކި ހަރަކާތްތަކާ އެކު ކުޑަކުދިންގެ ހަވީރެއް ބާއްވަން އެސްޓީއޯއިން ނިންމައިފިއެވެ.

އެސްޓީއޯއިން ބުނީ، "އައިވީވައި ކިޑްސް އީވްނިން" ގެ ނަމުގައި ބާއްވާ ކުޑަކުދިންގެ ހަވީރު އޮންނާނީ މިއަދު 4 ޖަހާއިރު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުގައި ކަމަށެވެ.

އެ ކުންފުނިން ބާއްވާ ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިންނަށް އަމާޒުކޮށް ތަފާތު ހަރަކާތްތަކެއް ރޭވިފައިވާ ކަމަށްވެސް ބުންޏެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ހަރަކާތްތަކަކީ:

  • އާޓްސް އެންޑް ކްރާފްޓްސް
  • ފޭސް ޕެއިންޓިން

އޭގެ އިތުރުން، މަޝްހޫރު ރޮބޯމޭންވެސް ބައިވެރިވާ މި ހަވީރުގައި ކުޑަކުދިންނަށް ތަފާތު ހަދިޔާތައް ދިނުމަށް ނިންމާފައިވާ ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ

ރާއްޖޭގައި ކޮންމެ އަހަރަކުވެސް ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ މޭ މަހުގެ 10 ގައެވެ. ކޮންމެ އަހަރަކުވެސް މި ދުވަސް ކުލަގަދަކޮށް ސްކޫލްތަކުގައި ފާހަގަކުރެއެވެ. އަދި މި ދުވަހުގެ މުނާސަބަތުގައި އެކި މުއައްސަސާތަކުން ކުޑަކުދިންގެ ހަވީރާއި ހާއްސަ އެހެނިހެން ހަރަކާތްތައްވެސް ބާއްވައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ނޮވެންބަރު 20 ގައެވެ. ކުޑަކުދިންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 1954 ވަނަ އަހަރުގައެވެ.