މަންމަނެއް ކަމަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އަހްމަދު އާމިރު ހުސައިން، މ. މުލައް (28އ) އެވެ.

ފުލުހުންގެ ހާދިސާ ރިޕޯޓުގައިވާ ގޮތުން، އާމިރު ވަނީ މާފަންނުގައި ހުންނަ ގެއަކަށް ވަދެ، މަންމަނެއް ކަމަށް ހެދިގެން ފައިސާ ހޯދަން މަސައްކަތްކޮށްފައެވެ. އާމިރު ބުނި ގޮތުގައި، އޭނާ އެ ގެއަށް ވަނީ ގޭގެ ވެރިފަރާތުން ބުނުމުންނެވެ.

އާމިރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުލުހުން ބުނީ އޭނާގެ މި ބާވަތުގެ ކުށުގެ ރެކޯޑާއި އެހެނިހެން ކުށް ކުރުމުގެ ރެކޯޑުވެސް އެބައޮތް ކަމަށެވެ.

އެހެންވެ، ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެފައިވާއިރު، އެކި އުކުޅުތައް ބޭނުންކޮށްގެން ފައިސާ ހޯދުމަކީ އާންމު ކަމެކެވެ. އެފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުންގެ އިތުރުން ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.