ރަށްރަށަށް ބޭނުންވާ އެމްބިއުލާންސް ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން އިތުރު 19 އެމްބިއުލާންސް ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރައްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހޯދައި ދިނުމަށްޓަކައި ހެލްތް މިނިސްޓްރީއިން އެސްޓީއޯ އާ ހަވާލު ކޮށްފައި ވަނީ ޖޫން 10، 2021 ގައެވެ.

އެމްބިއުލާންސްތައް ފޮނުވުމަށް ހަމަޖެހިފައިވާ ރަށްތައް:

  • އދ. އޮމަދޫ
  • ދ. ބަނޑިދޫ
  • ދ. ހުޅުދެލި
  • ތ. ގުރައިދޫ
  • ލ. ފޮނަދޫ
  • ގއ. ދެއްވަދޫ
  • ގދ.ގައްދޫ
  • ގދ. ހޯޑެއްދޫ
  • ނ. ލަންދޫ
  • ނ. ހުޅުދުއްފާރު
  • ބ. ކަމަދޫ
  • ބ. ހިތާދޫ
  • ކ. ހިންމަފުށި
  • ކ. ގުޅި
  • ހއ. މުރައިދޫ
  • ހއ. އިހަވަންދޫ
  • ހދ. ނޮޅިވަރަންފަރު
  • ށ. މާއުނގޫދޫ
  • ނ. ހޮޅުދޫ

އެދުވަހުން ފެށިގެން އެކި މުއްދަތުތަކަށް ބަހާލައިގެން މިއަދާ ހަމައަށް 96 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހެލްތް މިނިސްޓްރީއާ ވަނީ ހަވާލުކޮށްފައެވެ.

ސިއްހީ ހިދުމަތްދޭ ހުރިހާ ރަށަކަށްވެސް އެމްބިއުލާންސް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާއިރު ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތިގެން ނުވަތަ އެމްބިއުލާންސް ހަލާކުވެގެން ސިއްހީ މަރުކަޒުތަކަށް ބަލިމީހުން ގެންދިއުމުގައި ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީއަށްވެސް ބައެއް މީހުން ފާޑުކިޔާފައިވެސް ވެއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމަކީ މިސަރުކާރުގެ ސިއްހީ ވައުދުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ.