ފެނަކައިގެ ހިދުމަތް ދެމުން ގެންދާ ހުރިހާ ރަށެއްގައި ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފެނަކައިގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ބްރާންޗްތަކުގައި މިއަދު ހެދުނުން ފެށިގެން ދަނީ ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދަމުންދާ ކަމަށެވެ. އެ ހަރަކާތްތަށް މިރެއާ ހަމައަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަަމަށް ފެނައިން ބުނެއެވެ.

މަސައްކަތްތެރިންގެ ދިވަހު ފެނަކަ މުވައްޒަފުން ނުކުމެ ހިނގި ސާފު ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން

އެ ގޮތުން ރަށްރަށުގެ ހުންނަ ފެނަކަ އޮފީސް އަދި އިންޖީނުގެ ސާފު ކުރުމުގެ އިތުރުން ގޮނޑުދޮށްތަކާއި އާންމުން އެއްވެ އުޅޭ ސަރަހައްދުތަށް ސާފު ކުރުމުގެ މަސައްކަތް އެ ކުންފުނީގެ މުވައްޒަފުން ދަނީ ކުރަމުން ކަމަށް ފެނަކައިން ބުނެއެވެ. އަދި ބައެއް ރަށްރަށުގައި މި ދުވަހާ ގުޅުވައިގެން ގޭބިސީތަކަށް ޒިޔާރަތްކޮށް ގޭބިސީތައް ސާފުކޮށް އަމަލީގޮތުން ބައެއް މަސައްކަތުގައި ފެނަކައިގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. ހަމައެއާއެކު ރަށްރަށުގެ އެކި ސަރަހައްދުތަކުގައި ގަސް އިންދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މަސައްކަތްތެރިންގެ ދިވަހު ފެނަކަ މުވައްޒަފުން ނުކުމެ ހިނގި ސާފު ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން

މީގެ އިތުރުން، މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެ ކޯޕަރޭޝަންގެ އެންމެ ދުވަސްވީ މަސައްކަތްތެރިންގެ އަގު ވަޒަންކޮށް އެ ފަރާތަކަށް ބައެއް ބްރާންޗްތަކުން ހަދިޔާ ހަވާލު ކޮށްފައިވާ ކަމަށް ވެސް ފެނަކައިން ބުނެއެވެ. މުވައްޒަފުންގެ މެދުގައި ހަދިޔާ ބެހުމާއެކު އެކީގައި ރޯދަ ވީއްލުން ފަދަ ތަފާތު އެކި ހަރަކާތްތައް ހިންގުމަށް ވަނީ ރާވާފައެވެ. މި ހަރާކާތުގެ ކުންފުނީގެ އަންހެން އަދި ފިރިހެން މުވައްޒަފުން ބައިވެރިވާ ކަން ވެސް ފެނަކައިން ފާހަގަ ކުރެއެވެ.

މަސައްކަތްތެރިންގެ ދިވަހު ފެނަކަ މުވައްޒަފުން ނުކުމެ ހިނގި ސާފު ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން

5000 އަށް ވުރެ ގިނަ މުވައްޒަފުން ފެނަކައިގައި މަސައްކަތް ކުރަމުން އަންނަ އިރު ކޮންމެ މުވައްޒަފަކީ ވެސް ދުޅަހެޔޮ ކަންމަތީ ތިބެ ސާފްތާހިރު މާހައުލެއްގައި މަސައްކަތުގެ ވަގުތު ހިތްހަމަޖެހުމާ އެކު ހޭދަކުރާ މުވައްޒަފުންތަކަކަށް ހެދުމަކީ ކުންފުނީގެ ވަރަށްބޮޑު އަމާޒެއް ކަމުގައި ފެނައިކައިން ބުނެއެވެ.