ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވައްކަން ކުރި މައްސަލައެއްގައި ދެ މީހަކު ހޯދަން ފުލުހުން އިއްޔެ އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ، އެ ދެ މީހުން ހޯދަމުން ދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ފިޝަރީޒް މިނިސްޓްރީގެ ޕްލާންޓް އެންޑް އެނިމަލް ޔުނިޓްގެ ދޮރެއް ހަލާކުކޮށްލައި، އެ ތަނުގެ ދޫނި ލެބުން މިދިޔަ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވައްކަން ކުރި މައްސަލައަކާ ގުޅިގެން އެއާޕޯޓް ފުލުހުން ކުރަމުންދާ ތަހުގީގަށް ކަމަށެވެ.

https://www.youtube.com/watch?time_continue=6&v=io3YRXUymGg&feature=emb_logo

ނަމަވެސް އެ ދެ މީހުންގެ ފޮޓޮއާއި ވީޑިއޯ އާންމުކޮށްފައި ވަނީ އެ މީހުންނަކީ ފުލުހުންގެ ތަހުގީގަށް ހޯދަން ބޭނުންވެ، މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އެ މީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައި ނުވާތީ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން، އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، އެއާޕޯޓް ފުލުހުންގެ ހޮޓްލައިން ނަންބަރު 9968024 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.