އަންނަ ހޯމަ ދުވަހަކީ ސައުދީ އަރަބިއްޔާ އަށް ފިތުރު އީދު ދުވަސް ކަމަށް ނިންމައިފިއެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު އިރުއޮއްސުމުގެ ކުރިން އިސްލާމީ ހުރިހާ ގައުމަކަށް ވެސް ހަނދު ވަނީ އޮއްސިފައެވެ.

އެހެން ކަމުން މާދަމާއަކީ ރޯދަ މަހުގެ 30 ވަނަ ދުވަސް ކަމަށާއި އީދު ދުވަހަކީ ހޯމަ ދުވަސް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ފަލަކީ ހިސާބުތަކުން އަންނަ ހޯމަ ދުވަހަކީ އީދު ދުވަސް ކަމަށް އިއުލާނުކޮށްފައި ވާއިރު ރާއްޖެއަށް ވެސް އަންނަ ހޯމަ ދުވަހަކީ އީދު ދުވަސް ކަމަށް ވަނީ ކަނޑައަޅާފައެވެ.

މިރޭ ހަނދު ސާބިތު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ، މިއަދު އިރުއޮއްސުނު އިރު ރާއްޖޭގެ އެއްވެސް ރަށަަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1443 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާ ކަމަށެވެ.