އީދު ދުވަހު ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް ހާއްސަ ހުއްދައެއް ސިޓީ ކައުންސިލުން ދޫކުރަން ނިންމައިފިއެވެ.

ފިތުރު އީދު ދުވަހު 4 ގަޑިއިރަށް މާލޭގައި ވެހިކަލް ދުއްވުން މަނާ ކުރުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 50 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މިގޮތަށް ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލްގެ އާންމު ބައްދަލުވުމެއްގައެވެ. ވެހިކަލް ދުއްވުން މަނާ ވަގުތަކީ އީދު ދުވަހު ހަވީރު 4 އިންް ފެށިގެން ރޭގަނޑު 8 އާ ހަމައަށެވެ. އެހެން ނަމަވެސް ފާއިތުވި އީދުތަކުގައި ދުއްވުން މަނާކުރުމުން ކުރިމަތިވި ދަތިތަކަށް ރިއާޔަތްކޮށް ހުޅުމާލޭޭގައި ވެހިކަލް ދުއްވުން މަނާކޮށްފައެއް ނުވެއެވެ.

އީދު ދުވަހު ހިނގާފައި އުޅޭ ވަގުތު ތަކުގައި ދުއްވާ އުޅަނދުތަކަށް ދޫކުރާ ސްޓިކާ ދޫކުރުމަށް ހަމަޖެހިފައިވަނީ 30 އޭޕްރީލް އަދި 1 މޭ ގެ ހެނދުނު 9 އިން މެންދުރުފަހު 3 ގެ ނިޔަލަށް ކަަމަށެވެ. އަދި ރޭގަނޑު 9 އިން 11 އަށް ސްޓިކާ ދޫކުރާނީ ބޮޑު ތަކުރުފާނު މަގުގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާއި ބެހޭ ބައިން ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.