ފްލައިޓް ރަންވޭގައި ޖެއްސި އިރުވެސް އަހަރެން އިނީ ހިތް އަވަސް ވެފައެވެ. ހަމަ ނުޖެހޭ އެތައް ކަމެއް އަދިވެސް ޗެކް ލިސްޓުގައި ހުރިހެން ހީވެއެވެ. އެ ހާއްސަ އިވެންޓުގެ ވަގުތު ކުޑަތަން ވާއިރު ޗެކްލިސްޓަށް ވުރެ އަތުގައި އޮތް ގަޑިއަށް ބެލޭލެއް މަދެއް ނޫނެވެ. ފޯން އޮންކޮށް އޮފްކޮށްލެވޭލެއްވެސް މަދެއް ނުވެއެވެ.
ފްލައިޓުން ފޭބި ގޮތަށް އަހަރެން ދިޔައީ ލޮނުޒިޔާރަތް ޕާކަށެވެ. ކައިވެނި ހަފްލާ އޮތީ އެތާނގައެވެ.
"އަހަނ... ދޮންބެ..." އަހަރެންގެ ކޮއްކޮ ގޮވާލިއެވެ.
"ކޮބާ ކަންކަން ހަމައަކަށް އެޅިއްޖެ، ދޮންބެ ލިސްޓުން މިހާރު ބާކީ އޮތީ ފޮޓޯގްރާފަރު..."
"ނީނާ އަންނާނެ... އޯކޭ ދީފަ އޮތީ" އަހަރެން ފޮޓޯގްރާފަރޭ ބުނި އަޑަށް ރީޝް ޖަވާބު ދިނެވެ.
ރީޝް އަކީ މިރޭ އަހަރެންގެ ކައިވެނި ވެވޭ އަހަރެންގެ ލޯތްބެވެ.
"އޯވް ދެޓްސް ގްރޭޓް" ރީޝް އަށް ޖަވާބު ދެމުން އަހަރެން ބުނެލީމެވެ.
"ދެން ދޮންބެމެން ނައްޓާލަ ތައްޔާރުވާން...އަހަރެމެން ބަލާނަން ދާ ގޮތް" ޕާޓީ ވަގުތު ކައިރިވާތީއާއި މަސައްކަތްތަކުގެ ބޮޑުބައި ނިމިފައި ހުރުމުން، ރީޝްއާއި އަހަރެން ދިޔުމަށް ކޮއްކޮ އެދުނެވެ. ކައިވެނި އޮތީ މިރޭ ކަމުން ތައްޔާރުވާން ޖެހޭނެތީއާއެކު އަހަންނާއި ރީޝް ދިޔައީއެވެ.
ވަގުތަކީ ރޭގަނޑުގެ 9 ޖެހި ވަގުތެވެ. ހަނދުވަރުދޭ ރީތި ރެއެކެވެ. ހަނދުގެ ދޯދިތައް ބިމަށް އެޅިފައިވާއިރު، ލޮނުޒިޔާރަތް ޕާކުގެ ގަސްތަކުގެ ތެރެއިން ފޫދިގެން ގޮސް އެޅިފައި ހުރި ހަނދުވަރު އަދި ވަކިން ރީއްޗެވެ. ޖެހެމުން ދިޔަ މަޑު ރޯޅިއާ އެކު އެ ގަސްތަކުގެ ކޮންމެ ހެލުމަކަށް އެ ހަނދުވަރު ނަށާހެން ހީވެއެވެ. ޕާޓީގެ ޒީނަތްތެރިކަމަށް ދިއްލާފައި ހުރި މަޑު ފާނޫޒުތަކާއި ޖަހާފައި ހުރި މަޑު މިޔުޒިކުން އެ މާހައުލަށް އިތުރު އިޝްގީކަމެއް ގެނެސް ދެއެވެ.
އަހަރެން ވަދެގެން ދިޔަ އިރު، ރީޝް ހުއްޓެވެ. ރީޝާ އަކީ އަވަދުވެސް އަހަންނަށް ވުރެ ކުރީގައި އުޅޭ ކުއްޖެކެވެ. ރައްޓެހިވެގެން އިނުމާ ހަމައަށް ހަމައަށްވެސް ދުވަހަކުވެސް ގަޑިއެއް ނުޖެހެއެވެ. ދުވަހަކުވެސް އަހަރެންގެ ކަމެއްގައި ފަރުވާ ކުޑައެއް ނުކުރެއެވެ. އަޅާލުމާއި އޯގާތެރިކަން ވެސް ހަމަ އެފަދައެވެ.
ރީޝް އަހަރެން ދެކެ ކިތަންމެ ލޯތްބެއް ވިޔަސް، އެ ލޯބި އަހަންނަކަށް ނުދެވެއެވެ. ފުރިހަމައެއް ނުކޮށްދެވެއެވެ. ފުރިހަމަ ނުވާހެން ހީވަނީއެވެ. ކޮންމެވެސް އެއްކަމެއް މަދުވާހެން އަބަދުވެސް ހީވަނީއެވެ.
ޕާޓީގެ ވަގުތު ޖެހި މެހެމާނުން އަންނަން ފަށައިފިއެވެ. ރީޝް އާއި އަހަރެން އެމީހުންގެ އިސްތިގުބާލުގައި ދެމީހުންނަށް ހާއްސަ މަގާމުގައި ހުއްޓިލި ވަގުތަކީ އަހަރެންގެ މުޅި ސަމާލުކަން އެހެން ދިމާއަކަށް ހުއްޓުނު ވަގުތެވެ. ވަދެގެން އަންނަ މެހެމާނުންނެއް އަހަންނަކަށް ނުފެނެއެވެ. ރީޝް ކައިރީގައި ހުރެގެން ދައްކާ ވާހަކައެއްވެސް ރަނގަޅަކަށް ނީވެއެވެ. އަހަރެންގެ ލޯ ހުއްޓިފައި ހުރީ ފޮޓޯގްރާފަރަށެވެ.
އެއީ ރީޝް ހަމަޖެއްސި ފޮޓޯގްރާފަރެވެ. ކޮންމެވެސް ތާކުން އަަހަރެން އޭނާ ދެކެމެވެ.
"އެއީ ނީނާ... ކުރިން އެއްފަހަރު މީޓްވިއެއްނު، ޖީއްކޮގެ ކޮންސެޓްގަ...."
"އޯ ޔޭސް... އެހެނޭ މި ހިތައް އަރަނީ، ދަންނަ މޫނެކޭ..."
ނީނާ އާ ބައްދަލުވިއެވެ. އެއީ ތެދެކެވެ. މީގެ 3 އަހަރު ކުރިން، ރީޝްގެ ކޮއްކޮގެ ކޮންސެޓް ފޮޓޯ ނެގީ ނީނާއެވެ. އޭރުންސުރެ އަހަރެންގެ ހިތުގައި އެފޮޓޯ ފަނޑު ތަސްވީރެއްހެން ހުރީއެވެ.
ރީޝް ކިޔައި ދިނުމުން، އަހަރެންގެ ޝައުގުވެރިކަން އިތުރަށް ބޮޑުވިޔެވެ. ނީނާ އާ ވާހަކަ ދައްކާލާ ހިތް ވިޔެއެވެ.
ޕާޓީ ނިންމާ، ޕްލޭން ކޮށްފައި އޮތީ، އިތުރު ފޮޓޯޝޫޓެއް ޖައްސަން ސަފާރީއަކަށް ދާށެވެ. އެރެއިން އެރެއަށް ދަންވަރު ފުރައިގެން 3 މީހުން ދިޔައީ ސަފާރީއަށެވެ. ފޮޓޯ ޝޫޓް އޮތީ ޖެހިގެން އަންނަ ދުވަހުގެ އަރާ އިރާއެކު ކަމަށް ވާތީ، އެރޭ ބާކީ އޮތީ ހަނީމޫންގެ ބަޔެވެ. މާމެލާމެލި ކޮށްލުމެވެ.
މާމެލާމެލި ކޮށްލުމުގައި ހޭދަވެގެން ދިޔައީ ކިހާ އިރެއް ކަމެއް ނޭނގެއެވެ. އަހަންނަށް ހޭލެވުނީ ރީޝް ގޮވީމައެވެ.
"ތެދުވެ ދެން، ނީނާ އެބަހުރި ރެޑީގަ، އިރު އަރަނީ އޯ..." އަހަރެން ލޯ ފުހެމުން ފުހެމުން ބޭރަށް ނުކުތް އިރު ނީނާ އިނެވެ. އުނުގައި އޮތް ބޮކްސާ ގަނޑާއެކު ނީނާ އަށް އަހަރެން ފެނުނެވެ. އޭނާ ނުބަލަން އިނަސް ބެލިކަން އަހަންނަށް އެނގުނެވެ.
"ހެއި...ތި ކޮސްޓިޔުމް ސަޅިވާނެ..." ޗޭންޖް ކުރަން އަހަރެން އެތެރެއަށް ވަންނަން އެނބުރިލިތަނުން ނީނާ ބުންޏެވެ. އޭރު ރީޝް ވެސް ހުރީ ނައިޓީގައެވެ.
އިތުރުން އެއްޗެއް ނުބުނެވި އުޅެނިކޮށް ނީނާ ފުރިހަމަ ކޮށްލިއެވެ.
"އަރައިގެން އަންނަ އިރާ އިރު ލައިޓިން ވަރަށް ތީރިވާނެ، އޭނދަ ދެ ގޮނޑީގައި" ސަފާރީގެ ޑެގްމަތީގައި ހުރި ސަރަންފީއަކަށް އިޝާރާތްކޮށް ނީނާ ބުންޏެވެ.
އަހަންނަށްވެސް އެ ހިޔާލު ކަމުދިޔައެވެ. ފޮޓޯޝޫޓް ފެށިއްޖެއެވެ. ނީނާގެ ޑައިރެކްޝަނަށް، ލައްވަން ބުނާ ބަނޑިއެއް ލައްވަމުން ދިޔައިމެވެ. އަހަރެންގެ އަތުގެ ތެރެއަށް ރީޝް ލައި ބައްދާލުމަށް ނީނާ ބުންޏެވެ. ލޯބިން އޮޅުލައިގަތުމަށް ބުންޏެވެ. ސްކްއީޒް ކޮށްލަން ބުންޏެވެ. ކޮލަށް ދޮނެއް ދޭން ބުންޏެވެ.
"ނައިޓީ އޯޕަން ކޮށްލާފަ... ވަރަށް ސަޅިވާނެ"
"ރިއަލީ...އޯޕަން ކޮށްލެވިދާނެ..." އެހެން ކިޔާފައި އަހަރެން ރީޝްގެ ނައިޓީގެ ވާގަނޑުގައި ހިފައި ދަމައިގަތީމެވެ. އެވަގުތު ނައިޓީ އެއްކޮށް ހުޅުވި، ރީޝްގެ ލޯބި ހަނޑިގަނޑު ހާމަވިއެވެ. އުނުގައި އަންޑާގާމަންޓްސް ނޫނީ ނެތެވެ. ނީނާ ބަލަން ހުރި ނަމަވެސް އަހަންނަކަށް ނުހުރެވުނެވެ. އަހަރެންގެ ގަޔާލާ ރީޝް ބޮނޑިކޮށްލާ، ލޯބިކޮށްލަން ފެށީމެވެ. މާމެލާމެލި ކޮށްލަން ފެށީމެވެ.
އެހުރިހާ މަންޒަރެއް ނީނާ އަށް ފެންނާނެއެވެ. އޭނާ ނުބަލާ ކަމަށް ހެދުނަސް ފެންނާނެއެވެ. ކުޑަކޮށް ލަދު ގަންފައި ހުރި ނަމަވެސް ނީނާ ހުރީ އެއްކަޅިން ބަލާށެވެ. ބައެއް ފަހަރު ކެމެރާގެ ސްކްރީނަށްވެސް ބަލައެވެ.
"ކެޕްޗާ އިޓް...ކަމޯން، ޑޫ އިޓް...." އަހަރެން ބުނީމެވެ.
ހަނީމޫންގެ ހުރިހާ މޯމަންޓެއް ރައްކާ ކުރަން އަހަރެން ބޭނުން ވިއެވެ. އަދި އެ މޯމަންޓުގައި ނީނާ ބައިވެރިކުރުންވެސް ބޭނުންވިއެވެ.
"ޔޭ...އޯކޭ ނީނާ..." ނީނާ އަށް ރުހުން ދިނީ ރީޝް އެވެ.
އަހަންނާއި ރީޝް އުޅެމުން ދިޔަ ހުރިހާ ގޮތެއް، ކުރަމުން ދިޔަ ހުރިހާ ކަމެއް ނީނާ ދިޔައީ ނަގަމުންނެވެ. ބައެއް ޕޯސްތައް ނީނާ ކިޔައިވެސް ދެއެވެ.
"ނޭނގުނު ތި ޕޯސްއެއް، ކޭން ޔޫ..." ޕްރޮޕް ޕޯސްއެއް ނޭނގޭކަމަށް އަހަރެން ހެދީމެވެ. އެއީ ނީނާ ލައްވާ އެ ޕޯސް ކުރުވުމަށެވެ. ނީނާ ޕޯސް ކުރަން ދިޔަ ވަގުތު އަހަރެން ކެމެރާ ނަގާ ބަލާލީމެވެ. ރީތި އެހާމެ ހިތްގަމު ފޮޓޯތަކުގެ ތެރެއިން އޭނާ އަހަރެންގެ ހާއްސަ ކްލޯސްއަޕްސް ނަގާފައި ހުއްޓެވެ. އަހަރެންގެ އެބްސް އާއި ބައިސެޕްސްއެވެ. އަހަރެންގެ ކާވްސްތަކެވެ.
ކެމެރާ ހިފައިގެން އަހަރެން ނީނާ ގާތަށް ޖެހިލީމެވެ. މިފަހަރު ފޮޓޯ ނަގާނީ އަހަރެން ކަމަށް ބުނެ ނީނާ ލައްވާ ޕޯސް ކުރުވަން ފެށީމެވެ. ދެތިން ހަތަރު ފޮޓޯއަކަށް ފަހު، އަހަރެން ގަސްދު ކުރީ ނީނާ ޗޭންޖް ކުރުވާށެވެ.
"ތި ހެދުމުގައި ނޭނގެ ދޯ ބަނޑިތަކެއްވެސް..."
"ޔޭ އައި ތިންކް ޔޫ ޗޭންޖް" އަހަރެންގެ ބަހަށް ތާއީދުކޮށް ރީޝްވެސް ބުންޏެވެ.
ދެމީހުން ކިޔައިގެން އިންސިސްޓް ކުރި ވަރުން ނީނާ ޗޭންޖްކޮށްގެން ނިކުމެއްޖެއެވެ. ރީޝްގެ ޓީޝާޓަކާއި ކުޑަ ޓައިޓްކޮޅެއްގައެވެ.
އަހަރެންގެ ހިތަށް އެވަގުތު "ވައު" އޭ ހިތައް އެރިއެވެ. ރީތި އެހާމެ ނިޔަނެތި ހަށިގަނޑެކެވެ. ރީޝް ހާ ރީއްޗެވެ. ދެން ޕޯސްކޮށްބަލާށޭ ކިޔާފައި ރީޝްއާ ދެމީހުން އެއްކޮށް ޕޯސް ކުރަން ބުނީމެވެ.
އަހަންނަށް ހުރެވޭ ވަރެއް ނޫނެވެ. ދެމީހުން އެއްކޮށް ޕޯސްކުރާއިރު "ސޯ ހުމްހުމް" އެވެ. ސެކްސީއެވެ. އަހަރެންގެ އިހުސާސް ތަކާ ކުޅެއެވެ.
ކެމެރާ ބާއްވާފައި ކައިރިއަށް ދާން މަޖުބޫރި ކުރުވިއެވެ. އެހެނަސް އަހަރެން އިނީ ކެޕްޗާ ކުރާށެވެ.