ރޯދަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 5,583,326.44 ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މުއްދަތުގެ ތެރޭގައި ފިތުރު ޒަކާތް ދައްކާފައިވަނީ 107،132 މީހުން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ މިދިޔަ 1442 ވަނަ އަހަރުގެ އެ މުއްދަތުގައި ފިތުރު ޒަކާތުގެ ގޮތުގައި ދައްކާފައިވަނީ 5,657,851 ރުފިޔާ ކަމަށާއި އަދި އެ މުއްދަތުގައި ފިތުރު ޒަކާތް ދައްކާފައިވަނީ 135743 މީހުން ކަމަށެވެ.

ޒަކާތް އޮންލައިންކޮށް ވެސް ދެއްކޭއިރު މިނިސްޓްރީގެ ވެބްސައިޓުންނާއި ދިރާގުގެ ދިރާގުޕޭ، އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ. އަދި ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮންނެވެ.