މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކުތަކުން މި އަންނަ ހަފްތާގެ ބުދަ ދުވަހުގެ ބަދަލުގައި ހިދުމަތްދޭނީ މި ހަފްތާގެ ހޮނުހިރު ދުވަހު ކަމަށް އެ އޮތޯރިޓީއިން ބުނެފިއެވެ.
އެމްއެމްއޭއިން ބުނީ ފިތުރު އީދާ ގުޅިގެން ބަންދުވާ ހަފްތާގައި އެ އޮތޯރިޓީ އާއި ބޭންކުތަކުން ހިދުމަތް ދިނުމަށް ކުރިން ހަމަޖެހިފައިވާ މޭ މަހުގެ 4 ވަނަ ދުވަހުގެ ބަދަލުގައި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަސް ކަމަށެވެ.
އެމްއެމްއޭއިން ބުނީ ބޭންކިން ހިދުމަތް ދޭނީ (ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް) ހެނދުނު 09:30 އިން މެންދުރު 12 އަށް ކަމަށެވެ. އަދި ސިޓީއާއި ތަކެތި ބަލައިގަންނާނީވެސް އެގަޑީގައި ކަމަށް އެމްއެމްއޭން ބުނެއެވެ.
ބޭންކިން ހިދުމަތް ދެމުން ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުން ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
މި ރޯދަމަހާއި ސައްވާލް މަހުގެ ފުރަތަމަ 7 ދުވަހު އެ އޮތޯރިޓީ ހުޅުވައިފާ ހުންނާނީ ހެނދުނު 9 އިން މެންދުރުފަހު 1 ގެ ނިޔަލަށެވެ.