ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުން ސިއްހީ ސަބަބުތަކަށްޓަކައި މީގެފަހުން ބަންދުން ދޫނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
ހައި ކޯޓުން އެހެން ނިންމީ 130 ކިިލޯ ޑްރަގް މައްސަލާގައި ދައުވާލިބޭ ދެ މީހަކު ދަށު ކޯޓުން ދޫކޮށްލާފައި ވަނިކޮށް އެ މީހުން އަލުން ބަންދުކުރަން ކުރި ހުކުމުގައެވެ.
ހައި ކޯޓުގެ ދެ ފަނޑިޔާރުން އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވަނީ ބަންދު މުރާޖާ ކުރާއިރު ބަލަން ޖެހެނީ އެ މީހަކު ބަންދުގައި ބަހައްްޓަންޖެހޭ ސަބަބު ދެމިއޮތްތޯ އެކަނި ކަމަށާއި އަދި އެކަމުގައި ސިއްހީ ސަބަބުތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ބުނާ ގާނޫނީ އުސޫލެއް ނެތް ކަމަށެވެ. އަދި ހުކުމުގައިވާ ގޮތުން ބަންދު މުރާޖާ ކުރުމުގެ މަރުހަލާއަކީ ބަންދުގައި ތިބޭ މީހުންނަށް ފަރުވާ ނުލިބޭ ކަމަށް ބުނެ ކަރެކްޝަންސް ޒިންމާދާރުކޮށް، ޖަވާބުދާރީ ކުރުވަން ފުރުސަތު ދޭންޖެހޭ މަޖިލީހެއް ނޫން ކަމަށެވެ.
މީގެ އިތުރުން ޖަލުގައި ފަރުވާ ނުލިބޭކަމުގެ ޝަކުވާއެއް އޮތް ނަމަ އެކަމަށް ހައްލު ހޯދޭނީ ވަކި މަދަނީ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅައިގެން ކަމަށް ހުކުމުގައިވެއެވެ.
އެހެން ނަމަވެސް އެ ބެންޗުގައި ދެން ހިމެނިވަޑައިގަތް ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔު ތަފާތެވެ. އޭނާ ދެކެވަޑައިގަންނަންވާ ގޮތުގައި ސިއްހީ ސަބަބެއް އޮތުމަކީ އާންމު އުސޫލުން ބަންދުން ދޫކުރަން ޖެހޭ ކަމަކަށް ނުވިޔަސް، އެފަދަ ބައެއް ހާލަތްތަކުގައި ބަންދަށް ލުއި ދޭން ޖެހިދާނެއެވެ.
ރަގަޅު ވިސްނޭ އިންސާފީ ނިންމުމެއްކަމަށް ފެނޭ