ރާއްޖޭގައި މީހަކު ލައްވާ ހަށިވިއްކުވަން މަސައްކަތް ކުރި ކުށް ސާބިތުވި މީހަކު 15 އަހަރަށް ޖަލަށް ލާން ހުލުމް ކޯށްފިއެވެ.
މި މައްސަލައިގައި ހުކުމް ކޮށްފައި ވަނީ މޮނީރު ނަމަކަށް ކިޔާ ބަންގްލަދޭޝް ރައްޔިތަކަށެވެ.
ކްރިމިނަލް ކޯޓުން އެމީހާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އެ ހުކުމުގައި ވަނީ، ޖިންސީ ކުށުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ، ދިވެހިރާއްޖޭގައި މީހަކު ލައްވާ ހަށި ވިއްކުވުމުގެ ކުށުން ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮނީރު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާފައެވެ. އެ ކުށުގެ އުގޫބާތެއްގެ ގޮތުން ޖިންސީ ކުށުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން މޮނީރު 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް އެ ހުކުމުގައި ވެއެވެ.
ހަށި ވިއްކުވުމުގެ ކުށް ސާބިތުވި އިރު އޭނާގެ މައްޗަށް މީހުން ޓްރެފިކް ކުރުމުގެ ދައުވާ ވެސް ވަނީ އުފުފުލާފައެވެ.
ރާއްޖޭގައި އުޅޭ ބައެއް ބިދޭސީން، މީހުން ޓްރެފިކް ކޮށް އަދި ހަށިވިއްކުން ފަދަ ޖިންސީ ކުށަށް އަރައިގަންނަމުންދާ މައްސަލަތައް އަންނަނީ ފެންނަމުންނެވެ. އެގޮތުން މިދިޔަ އަހަރު ގއ. ދާންދޫން ވެސް ހަށިވިއްކާ ކަމުގެ ތުހުމަތުަގައި 4 ދިވެހިންނާއި 3 ބިދޭސީން ވަނީ ހައްޔަރު ކޮށްފައެވެ.