ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބައެއް މީހުންނަކީ ވަރަށް ހާލުގައި އެޅޭ ބައެކެވެ. އެމީހުންނަށް ދިމާވާ އެކި މައްސަލަތަކުގައި އެކި ޖަމާއަތްތަކުން އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ އިރު، މިޝަން ފޯ މައިގްރަންޓް ވޯކާށް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އަކީ ހާއްސަކޮށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް އެހީތެރިވުމާއި ލުއިފަސޭހަ ކޮށް ދިނުމަށް އެއީ ނަމޫނާ ދައްކާ ޖަމިއްޔާއެކެވެ.

އެގޮތުން އެހެން ރޯދަ މަހެކޭ އެއްގޮތަށް މިއަހަރު ވެސް މިޝަން ފޯ މައިގްރަންޓް ޖަމިއްޔާ އިން އަންނަނީ ބިދޭސީ މަސައްކަތްތެރިންނަށް ރޯސަ ވީއްލަން ހާއްސަކޮށް އިފްތާރު މީލް ޕެކޭޖެއް ހަދިޔާ ކުރަމުންނެވެ. ދަ ސްޕޭސް އާއި އުރީދޫ މޯލްޑިވްސް އާއި އެ ޖަމިއްޔާ ގުޅިގެން ބިދޭސީންނަށް ރޯދަ ވީއްލުން ހަދިޔާ ކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ ކޮންމެ ހުކުރު ދުވަހަކާ ދިމާކޮށްފައެވެ.

މިޝަން ފޯ މައިގްރަންޓުން ބުނީ، މި ހަރަކާތުގައި ދުވާލަކު ގާތްގަނޑަކަށް 200 އެއްހާ މީލް ޕެކް ބަަން ހަމަޖެހިފައިވާ ކަމަށެވެ. ވޭތުވެދިޔަ އަހަރު މުޅި ޖުމްލަ 4500 ޕެކް ބަހާފައިވާ އިރު، މިޝަން ފޯ މައިގްރަންޓް ވޯކާޒްގެ ފަރާތުން ހާމަ ކުރާ ގޮތުގައި، މިއަދަދު ދެގުނައަށް އިތުރު ކުރުމަކީ އެޖަމްއިއްޔާގެ އަމާޒެއް ކަމަށް ބުނެއެވެ.

މި މަސައްކަތުގައި އުރީދޫން ސްޕޮންސާ ކޮސްފައިވާ އިރު، އެކަމުގެ އިތުރުން މީލް ޕެކް ބެހުމުގެ މަސައްކަތުގައި ވެސް އުރީދޫން އަންނަނީ އަމިއްލަ އަށް އިސް ނަގައިގެން ހަރަކާތްތެރިވަމުންނެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ މާލެ އާއި ހުޅުމާލޭގައެވެ. މިއަހަރު މީލް ޕްލޭން ހަދިޔާ ކުރަމުންދާ އިރު، ބިދޭސީ ގިނަ މަސައްކަތްތެރިންގެ ތަރުހީބު ިބެމުން ދާކަން ފާހަގަ ކޮށްލެވެއެވެ.