މާލޭގައި ދުއްވާފައި ދިޔަ ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއްގައި ހިނގާ، މީހަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ އިރުއޮއްސުނު އިރު އަމީނީމަގުގައި ހުންނަ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތާ ކައިރީގައެވެ.

ފުލުހުން ބުނީ މިހާދިސާ ރިޕޯޓުކޮށްފައި ވަނީ 18:10 ހާއިރު ކަމަށެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން މީހާއަށެވެ.

މިއެކްސިޑެންޓުގެ އިތުރު މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.

ފަހަކަށް އައިސް މާލެ އާއި ބައެއް ރަށްރަށުގައި ހިނގަމުން ދާ އެކްސިޑެންޓްތައް ވަނީ އިިތުރުވެފައެވެ. އެކްސިޑެންޓުތައް އިތުރުވުމާ ގުޅިގެން ފުލުހުން އަންނަނީ މަގުމަތީގެ ރައްކާތެރި ކަމަށް ހާއްސަ ކޮށްގެން ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.