ރާއްޖޭގެ ޖަލުތަކުގައި ތިބި އޮފިސަރުންގެ އަދަދަކީ އެކަން ކުރުމަށް އެންމެ އެކަށީގެންވާ އަދަދު ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ، ޕްރިޒަންސް އޮފިސަރުންގެ އަސާސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރި އޮފިސަރުން ދަސްވެނިވެ، ހުވާ ކުރުމުގެ ރަސްމިއްޔާތު ވާހަކަ ދައްކަވަމުންނެވެ.
އިމރާން ވިދާޅުވީ، ރާއްޖޭގެ ޖަލުތަކުގައި ނުވަތަ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި 2000 އެއްހާ ގައިދީން ތިބިހިނދު, ހައެއްކަ ސަތޭކަ އޮފިސަރުންނަކީ އެކަން ކުރުމަށް (ބެލެހެއްޓުމަށް) އެންމެ އެކަށީގެންވާ އަދަދު ނޫން ކަމަށެވެ.
މިކަމުގެ ސަބަބުން ގައިދީންނަށް ދޭންޖެހޭ ހިމަތަށް ހާއސްަކޮށް ރިހިބިލިޓޭޝަންގެ މަސައްކަތަށް ދޭންޖެހޭ ސަމާލުކަން ނުދެވި, އެކަން އެންމެ ފުރިހަމަގޮތުގައި ނުކުރެވުމުން ޖަލުތަކުން ނެރޭ ގައިދީންނަށް އެންމެ ފުރިހަމަގޮތުގައި ޕްރޮގްރާމް ހިންގިފައި ނުވާކަން ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން ޖަލުގައި އެކަށީގެންވާ މިންވަރަށް އިންސާނީ ވަސީލަތް ގާއިމްކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ މިއަހަރު މުޅިން އަލަށް 180 އޮފިސަރުން ނެގުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެއޮފިސަރުންނަށް ތަމްރީނު ދެވުމުން މިހާރު ހުރި މައްސަލަތަކަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އަލަށް ގިނަ އޮފިސަރުންތަކެއް ކަރެކްޝަނަށް ނެގެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސީދާ އެހީތެރިކަމާ އެކުކަމަށެވެ.
ޢަޅެ މީހަކު ހައިރާން ނުވާނެތަ މީނަމަގާމާ ހަވާލުވީ މިއަދުތަ މަގާމާ ހަވާލުވިތާ 4 އަހަރު މިވާނީ އެކަމަކު މިއަދު އޭނަޔަށް އެވާހަކަ އެބުނެވުނީ އަހަރުމެން ރައްޔިތުން ދައްކާ ޓެކުސް ފައިސާއިން މުސާރަ ނަގައިގެން ހުންނަ މީހަކު މިހާ ގަމާރު ވީމަ އެބަޖެހޭ ފިޔަވަޅު އަޅަން