މަސައްކަތެއް ކުރުމަށްޓަކައި 2 ގަޑިއިރަށް އީ ޕޭގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނިން އޮންލައިންކޮށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށްޓަކައި މިރޭ 10:30 އިން 12:30 އަށް މޯބައިލް އެޕްލިކޭޝަނާއި އީ-ޕޭ ހިދުމަތުގެ މެއިންޓަނެންސް މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފާ ކަމަށެވެ.

އެ މަސައްކަތްތައް ކުރިއަށްދާ ގަޑިތަކުގައި މޯބައިލް އެޕްލިކޭޝަނާއި އީ-ޕޭގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ރެންސަމްވެއާ އެޓޭކަކާ ގުޅިގެން ސްޓެލްކޯގެ ގިނަ ހިދުމަތްތަކެއް މިދިޔަ މަހުގެ ތެރޭގައި މެދުކެނޑުނުއިރު އޭގެ ތެރޭގައި އެ ކުންފުނީގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަނާއި މޯބައިލް އައުޓްލެޓްތަކާއި އަދި ކައުންޓަރުތަކުން ދެމުންއައި ހުރިހާ ހިދުމަތައް ހިމެނެއެވެ.