ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ދުވާލަކަށް ފީއެއްގެ ގޮތުގައި 500 ޑޮލަރު ނަގަން ނިންމުމާ ގުޅިގެން އަމާޒުވި ކަންބޮޑުވުންތަކާ ހެދި އަގު ކުޑަކޮށްފިއެވެ.

ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެ އަގު ކުޑަކޮށް ފުވައްމުލަކު ސިޓީ ކައުންސިލުން ނިންމީ 100 ފޫޓަށް ވުރެ ބޮޑު ސަފާރީތަކުން ދުވާލަކަށް 200 ޑޮލަރު (3،090 ރުފިޔާ) އަދި އެ އަށް ވުރެ ކުދި އެއްޗެހިން ދުވާލަކަށް 150 ޑޮލަރު (2,317 ރުފިޔާ) ނެގުމަށެވެ.

ކުރިން ބަނދަރަށް ވަންނަ ސަފާރީތަކުން ފީއެއްގެ ގޮތުގައި ނަގަމުން އައީ 50 ޑޮލަރު (772 ރުފިޔާ)އެވެ.

ފުވަމުލަކު ކައުންސިލްން ޖެނުއަރީ މަހު 12 ގައި ބޭއްވި ކައުންސިލްގެ 33 ވަނަ ބައްދަލުމުގައި ބަނދަރަށް ވަންނަ ސަފާރީތަކުން ދުވާލަކަށް ފީއެއްގެ ގޮތުގައި 500 ޑޮލަރު (7،725 ރުފިޔާ) ނަގަން ފާސްކޮށް އެ ފީ ނަގަން ނިންމީ މި މަހުގެ 1 އިން ފެށިގެންނެވެ.