ރަށްރަށަށް ބޭނުންވާ އެމްބިއުލާންސް ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން އެންމެ ފަހުން ގެނައި 21 އެމްބިއުލާންސް ރަށްރަށަށް ފޮނުވަން މިހާރު ތައްޔާރުވެފއިވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އަތޮޅުތަކުގައި އެމްބިއުލާންސްގެ ހިދުމަތް ނުދެވޭ 96 ރަށެއް ފާހަގަކޮށް އެ ރަށްތަކަށް ބޭނުންވާ އެމްބިއުލާންސް ރާއްޖެއަށް ގެނެސް ރަށްތަކާ ހަވާލުކުރަން ސަރުކާރުން އެސްޓީއޯއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

މޮގޮތުން ރަށްރަށަށް ފޮނުވަން ގެންނަ އެމްބިއުލާންސްގެ 4 ވަނަ ޝިޕްމަންޓް ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

އެސްޓީއޯއިން ބުނީ އެމްބިއުލާންސްތައް ފޮނުވާ ރަށްތަކަކީ އއ. ރަސްދޫ، އދ. ދިގުރަށް، ތ. ވިލުފުށި، ގއ. ކަނޑުހުޅުދޫ، ފުވައްމުލަށް ސިޓީ، އައްޑޫ ސިޓީ ހިތަދޫ، ގދ. ނަޑެއްލާ އަދި ކ. ގުރައިދޫ ކަމަށެވެ.

ހަތަރު ވަނަ ޝިޕްމަންތާ އެކު ރާއްޖެއަށް ގެނައި އެމްބިއުލާންސް ގެ އަދަދު މި ވަނީ 76 އަށް އަރާފައެވެ. އޭގެތެރެއިން އެސްޓީއޯ އިން މިހާރު ވަނީ 55 އެމްބިއުލާންސް ރަށްތަކާ ހަވާލު ކޮށްފައެވެ.

އެގޮތުން ފުރަތަމަ ޝިޕްމަންޓްގައި ރާއްޖެ ގެނައި އެމްބިއުލާންސްތައް ރަށްރަށަށް ހަވާލުކޮށްފަިއ ވަނީ މިދިޔަ އޮކްތޯބަރު މަހުގެ 13 ގައެވެ. ދެވަނަ ޝިލްމަންޓް ރަށްރަށް ހަވާލުކޮށްފަިއ ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އަދި ތިންވަނަ ޝިޕްމަންޓް ހަވާލުކޮށްފައި ވަނީ، މިދިޔަ ފެބްރުއަރީ މަހުތެރޭގައެވެ.