ރަމަޟާން މަހުގެ ހެޔޮ އެދުމާއެކު އާއިލާ އާއި ރައްޓެހިން ޑިޖިޓަލްކޮށް ގުޅުވާާލަދިނުމަށް އުރީދޫއިން ވަަަަރަށް ހާއްސަ އޮފާއެއްދޭން ނިންމައިފިއެވެ.

ތަފާތު އެކި ޕްރޮމޯޝަންތައް އުރީދޫއިން ކުރިއަށްގެންދާއިރު ގުޑް މޯނިންގް މޯލްޑިވްސް ޕްރޮމޯޝަންގައި ބައިވެރިވުމަށް ރަމަޟާން މަހުގެ ކޮންމެ ދުވަހެއްވެސް ފެށިގެންދާނީ 1ޖީބީ ހިލޭ ލިބޭ ބޯނަސް ޑޭޓާއާއި އެކުއެވެ. އުރީދޫއިން ބުނީ ދުވަހުގެ ހިލޭ ޑޭޓާ އެލަވަންސް ހޯދުމަށް ފަތިހު 4:00 އިން ހެނދުނު 8:00 އާ ދެމެދު 5252 އަށް "BONUS" ޖައްސަވާފައި އެސްއެމްއެސް އެއް ފޮނުވާލުމުން ޑޭޓާ ލިބިގެންދާނެ ކަމަށާއި އެކްޓިވޭޓް ކުރާ ވަގުތުން ފެށިގެން އިރުއޮއްސި 6:00 އާ ދެމެދު ލިބިވަޑައިގަންނަވާ ބޯނަސް ޑޭޓާ ބޭނުން ކުރެވޭނެ ކަމަށެވެ.

އުރީދޫ ރަމަޟާން ލަކީޑްރޯ އާއެކު އުމްރާ ދަތުރު ޕްރޮމޯޝަންގައި މި މަހު އުރީދޫގެ ކޮންމެ ހިދުމަތެއްވެސް އެކްޓިވޭޓް ކުރައްވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 10 ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު 100 ޖީބީޑޭޓާ ހޯދުމުގެ އިތުރުން 2 ކަސްޓަމަރުންނަށް އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އުރީދޫއިން ބުނެއެވެ.

ސުޕަނެޓް ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޕްރޮމޯޝަންގެ ދަށުން މި މަހު އަލަށް ސުޕަނެޓް ކަނެކްޝަނެއް އެކްޓިވޭޓް ކުރާ ނުވަތަ ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަށް، ކޮންމެ މަހަކު 100 ޖީބީ ބޯނަސް ޑޭޓާ ލިބިގެންދާނެ ކަމަށް ވެސް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ ސައުދީ އައިޑީޑީ ޕެކް ބޭނުންކޮށްގެން ސައުދީ އަރަބިއްޔާގައި ތިބި ރަހުމަތްތެރިންނާއި އާއިލާގެ މީހުންނާ މުއާމަލާތްކޮށް ކަސްޓަމަރުންނަށް 100 މިނެޓާއި 1 ޖީބީގެ ސޯޝަލް ޑޭޓާ (ވައިބާ، ވަޓްސްއެޕް، އައިއެމްއޯ) ހަމައެކަނި 150 ރުފިޔާއަށް ލިބޭނެ ކަމަށެވެ.

އުރީދޫއިން ބުނީ އެމް-ފައިސާ އަދި ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުން އެހެން އަހަރުތަކެކޭ އެއްފަދައިން ގޭގައި ތިއްބަވައިގެން ފަސޭހަކަމާއިއެކު އުރީދޫއިން ފަހިކޮށްދީފައިވާ ކަމަށެވެ. އަދި އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމަށް އުރީދޫ އެޕް ޑައުންލޯޑް ކޮށް، އެމް-ފައިސާގެ ހިދުމަތްތަކާއި އޮފާތައް ބޭނުންކުރުމަށް ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށްވެސް އުރީދޫއިން ވަނީ މަރުހަބާ ކިޔާފައެވެ.

މީގެ އިތުރުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށްވެސް ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެ ކަމަށާއި ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ޒަކާތް ދައްކާލުމަށް *909# އަށް ޑައަލް ކޮށްލެވޭނެ ގޮތް އުރީދޫއިން ވަނީ ހަމަޖައްސާފައެވެ.

އުރީދޫ ކަސްޓަމަރުންނަށް ޓެކްސްޓް އަ ކޮފީ މެދުވެރިކޮށް ރޯދަވިއްލުމެއް ނުވަތަ މީރު ބުއިމެއް ހަދިޔާ ކޮށްލުމުން ހިލޭ 1 ޖީބީ ހޯދުމުގެ ފުރުސަަަތު ވަނީ އުރީދޫ އިން ހުޅުވާލާފައެވެ. އަދި މަގުބޫލު ރެސްޓޯރެންޓްތަކާއި ކެފޭތަކުގެ ކެއުމާާއި ބުއިންތަަައް ހަަަދިޔާާ ކޮށްލެވޭ ޓެކްސްޓަަ އަަަަ ކޮފީ މެދުވެރިކޮށް ހަަަަަދިޔާއެއް ފޮނުވާލުމަަށް މި ލިންކުންނެވެ.

މީގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތުތަކުގެ އެލަޓް އާއި ރީތިޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާންގެ އާޔަތްތަކާއި ރީތި މަދަހަ ހޯދުމުގެ ފުރުސަތުތައްވެސް ވަނީ ހުޅުވާލައިފައެވެ. އަދި އާޗާ ޕޯޓްފޯލިއޯގެ ދަށުން އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ހަގުނަ އިތުރު ޑޭޓާ ހެޔޮ އަގުގައި ލިބި އާއިލާއާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް އިންޓަނެޓްގެ ފުރިހަމަ ތަޖުރިބާއެއް ހޯދުމަށް ފަހިކޮށްދީފައިވާނެ ކަމަށްވެސް އުރީދޫއިން ބުނެއެވެ.