ދުނިޔެމަތީގައި ވީ ހަމަހިމޭން ކަމުގެ ސާލަކެވެ. އެންމެން ފުން އަރާމު ނިންޖަކުން ނިދާފައިވީއިރު އަހަރެންގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. އަހަރެން ނުނިދި ދެފަރާތަށް ފުރޮޅި އޮތް އިރު ލޯބިވާ ފިރިމީހާއާއި ދަރިފުޅު ވެސް އޮތީ ނިދިފައެވެ. އަހަރެންގެ ހިތުގައި އަޅަމުން މިދާ ވޭނަކީ ކޮން ކުށެއްގެ ސަޒާއެއްބާއޭ އަހަރެންގެ ހިތަށް އަރައެވެ. އޭރުގެ ހަނދާން ތަކާއި ދުރަށް ގޮސް ނިދޭތޯ މަސައްކަތް ކުރި ނަމަވެސް އަހަރެންގެ ހިޔާލުގެ އުޅަނދު މާކަނޑަށް ނިކުމެ ދުއްވައިގަންފިއެވެ.

އެއީ މީގެ 7 ވަރަކަށް އަހަރުކުރިއެވެ. އޭރު އަހަރެންގެ އުމުރުން ވާނީ 18 އަހަރެވެ. އަހަރެންނަށް ލިބިފައިވީ މަންމަގެ ރީތި ސޫރައެވެ. ބައްޕަގެ އަޅިކުލައިގެ ދެލޮލެވެ. އަހަރެންގެ ހަޔާތުގައިވި ހަމައެކަނި މަގްސަދަކީ މައިންބަފައިން ފަހުރުވެރިވާފަދަ ދަރިއަކަށް ވުމެވެ. ކާމިޔާބު ޑޮކްޓަރަކަށް ވާށެވެ. އެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި އަހަރެން ދިޔައީ ގަދައަޅައި މަސައްކަތްކުރަމުންނެވެ. އެއީ ހޯމަ ދުވަހެކެވެ. އަހަރެން ކްލާސް ނިންމާލުމަށްފަހު ގެއަށް އައިއިރު ތައުލީމް ހާސިލް ކުރުމަށްޓަކައި މެލޭޝިޔާއަށް އަހަރެން ވަރަށް ކުޑައިރު ދިޔަ ބޭބެ ހުއްޓެވެ. "ބޭބެ" އަހަރެން ދުވެފައި ގޮސް ބޭބެގައިގައި ބައްދައިލީމެވެ. ބޭބެ ލޯބިން އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. ބޭބެއާއިއެކު އެންމެން ވެސް އަގަތަޅާލަން ތިބުމަށްފަހު ރޭގަނޑުގެ ސަލާމްކުރުމަށްފަހު ދިޔައި ނިދާށެވެ. ނިދުމުގެ ކުރިން ފިލާވަޅުތައް މުތާލިއާ ކުރުމަށްޓަކައި އިށީންތަނާހެން ދޮރުގައި މިހަކު ޓަކި ތަޅާލިހެން ހީވިއެވެ. މަންމަ ކަމަކުކަމުގައި ހީކޮށް މަޑުމަޑިން ދޮރު ހުޅުވާލީމެވެ. ދޮރު ހުޅޫވާޅިތަނާހެން ބޭބެ އެތެރެއަށް ދެމިގަތެވެ.

"ބޭބޭ.ކިހިނެއްވީ؟" ކުއްލިއަކަށް ބޭބެ އަހަރެން އެދާ ދިމާލަށް ކޮށްޕާލިއެވެ. ބޭބެގެ މޫނުމަތީގައި ވީ ލާނެތް ހިނިތުންވުމެކެވެ. ލޯމަތީން ފެނިގެން ދިޔައީ ދަހިވެތިކަމެވެ.ދެން އަހަރެންނަށް ކުރިމަތިލާން ޖެހުނީ ރަހުމެއްނެތް އަނިޔާތަކަކާއެވެ. "ބޭބޭ.ނިމްއަށް އެހެން ނަހަދާ."އަހަރެންގެ ހަށިގަނޑުން ފޮނިބޮމުން ދިޔަ ބޭބެ އަހަރެންގެ އާދޭސްތަކަށް ދިނީ ބީރު ކަންފަތެކެވެ. އެ އަތަކުން އަހަރެންނަށް ރައްކާތެރިކަން ލިބެން ޖެހޭ ދެއަތުން މިއަދު އަހަރެންގެ އިއްފަތްތެރިކަން ވެއްޔާމޮޑެ ލައިފިއެވެ .ލޯބިވާ ބޭބެ މިއަދު އެ ބޭބެގެ ކޮއްކޮގެ އުފާވެރި ދުނިޔެ ހިތާމަތަކުން ފުރުވައިފިއެވެ. "ހަނދާންކުރާތި މިއިން އެއްވެސް ވާހަކައެއް އެއްވެސް މީހަކު ކައިރީ ބުނެފިނަމަ ކަލޭގެ ވަސްވެސް މި ދުނިޔެއިން ނާއްތާލާނަން" ލެޔާ ތަތްތެޅިފަ އޮތް އަހަންނަށް ބޭބެ ދިނީ އިންޒާރެކެވެ. އޮތް ތަނުން ހިރިވެސް ނުލެވޭ ހާލުގައި އަހަރެން ފާހަނައަށް ގޮސްވަނީ ބިމުގައި ފިރުކެމުންނެވެ. އަހަރެންގައިގައި މިއަދު މި އަޅާ ވޭން އިނގޭނީ ކާކަށްހެއްޔެވެ؟ އަހަރެން ރޭޕްވި ކަމުގެ ހީތަމައަށްވުރެ އަހަރެންނަށް އެންމެ އަސަރުކުރީ އަހަރެން ރޭޕްކުރި މީހަކީ އަހަރެންގެ އެއްބަޑު އެއްބަފާ ބޭބެއަށް ވުމުންނެވެ.

އެދުވަހު ހެނދުނު ކޮލެޖަށް ދާން މަންމަ ގޮވުމުން ބޮލުގައި ރިއްސަނީ ކަމަށްބުނެ ދިއުމަށް އަހަރެން އިންކާރުކުރީމެވެ. މަންމަގެ ކުރިމައްޗަށް އަރާނެހާ ހިތްވަރެއް ނެތެވެ. އެހެންނޫނަސް ގައިގައި ނުރިއްސާ ކަށީކޮޅެއް ނެތެވެ. ސައިބޯން ތެދުވާނެހާ ހިތްވަރެއްވެސް އަހަރެންގެ ހަށިގަނޑުގައެއް ނެތެވެ. "ދަރިފުޅާ ތިޔަ ހެން އެއްޗެއް ނުކައި އޮތީމަ ބޮލުގެ ރިހުން ގަދަވާނިއޭ. އާދޭ އެއްޗެއް ކައިލައިގެން ބޭސް ގުޅާއެއް ކާލަން". މަންމަ އަނެއްކާވެސް ގޮވާލިއަޑުއިވުނެވެ. މަންމަ ކައިރީ ނުނެކޭ ނުބުނާން ވެގެން ގައިގައި ހުރި ޒަހަމްތައް ފޮރުވޭ ވަރުގެ ގަޔަށްދޫ އަތްދިގު ޓީޝާޓާކާއި ދިގު ހަރުވާޅެއް ލައިގެން ކާ ބަދިގެއާއި ދިމާލަށް އަހަރެން މިސްރާބުޖެހީމެވެ. މަންމައާއި ބައްޕައާއިއެކުގައި ބަދިގޭގައި ހުރި ބޭބެ ފެނުމުން އަހަރެންގެ މުޅި ހަށިގަނޑަށް ލޮޅުމެއް އެރި ކަހަލައެވެ. މަޑުމަޑުން ގޮސް ގޮނޑިގައި އިށީނުމުން އެންމެންވެސް ކެއުމައިގެން ކުރިއަށްދާން ފެށިއެވެ. ކައިނިމިގެން އަނެއްކާވެސް އަހަރެން ދިޔައީ ކޮޓަރިއަށެވެ. ގަޑިން ރޭގަނޑު 11 ޖެހީއެވެ. މިހާރު މަންމަނެ ނިދައިފާނެއެވެ. އަހަރެންވެސް ދިޔައީ ނިދޭތޯ މަސަތްކަތްކުރަމުންނެވެ. އިރުކޮޅަކުން ދޮރުގައި ޓަކި ޖަހާލިއަޑުއިވުނެވެ. "ނޫން!ނޫން."އަހަރެންގެ ލޯ ކަރުނުން ފުރުނެވެ. އަހަރެންގެ ހާލައިމެދު ހަމްދަރްދީވާނޭ އެއްވެސް ފަރާތެއް ނެތެވެ. އިރުކޮޅަކުން ތަޅުދަނޑިން ދޮރު ހުޅުވައިލި އަޑުއިވުނެވެ. ކުރީރެއެކޭވެސް އެއްފަދައިން އަހަރެންގެ ގައިން ބޭބެ ދިޔައީ ފޮނިބޮމުންނެވެ. ކިޔަވާނެހާ ހިތްވަރުވެސް މިހާރު އަހަރެންގެ ހަށިގަނޑުގައެއް ނެތެވެ. ކޯސް ދޫކްށްލީ އަހަރެންގެ ހުވަފެންތަކުގައި ކުލަޖައްސާނެހާ ހިތްވަރު ނެތުމުންނެވެ. މަންމަމެންގެ އެތަކެއް ސުވާލުތަކެއް އަމާޒުވަމުން ދިޔަ އިރުވެސް ދޭނެ ޖަވާބެއްވެސް ނެތެވެ. މަންމަމެން ޑޮކްޓަރަށް ދާން ބުނުމުނެ ވެސް އެއާ ދެކޮޅު ހެދީ އަހަރެންގެ ހަށިގަނޑުގައި އަޅަމުންދާ ވޭން އެހެން މީހަކަށް އެނގިދާނެތީއެވެ. މިހާރު މި ވޭނަށް އަހަރެން ހޭނިއްޖެއެވެ. ތަކުރާރުކޮށް ކޮންމެ ރެއަކު ބޭބެގެ ކުޅޭކުޅޭ ބުދެއްހެން އަހަރެންގެ ބޭނުން ހިފުމަށްފަހު އަހަރެން އަހަރެންގެ ހާލަށް ދޫކޮށލުމަށްފަހު ދެއެވެ. އަހަރެން ކުރާ އާދޭސް ތަކަށް ބޭބެ މިއިން ކޮންމެ ރެއަކުވެސް ދެނީ ބީރު ކަންފަތެކެވެ. ބޭބެ އަހަންނާއި ދޭތެރޭ އެގޮތަށް ކަންތައް ކުރަނީ ކީއްވެތޯ އެހި ސުވާލާށް ޖަވާބެއްވެސް ބޭބެ ނުދެއެވެ.

ކަންތައްތައް މިގޮތަށް ތަކުރާރު ވަމުން ދާތާ 6 މަސް ވީތަނާހެން އަހަރެންގެ ހާލު ގޯސްވާންފެށިއެވެ. ހޮޑޫލަވައި ގައިގައި ވަރުދެރަވާން ފެށުމުން މަންމަމެން ގަދަކަމުން އަހަރެން ހަސްފަތާލަށް ގެނޮދިޔައެވެ. ގޮސް ޓެސްޓުތައް ހެދުމުން އަހަރެން ބަލިވެ އިން ކަމުގެ ހަބަރު ލިބުނެވެ. މަންމަ އަށް ހުރިހާ ވާހަކައެއް އަލިފުން ޔާ އަށް ކިޔައިދިނީ އިތުރު ގޮތެއް ނެތުމުންނެވެ. "ދަރިފުޅާ މަންމަމެން ކައިރީ ނުބުނީ ކީއްވެ؟ "ލޮލުގެ ކޮއިހެން ބަލާބޮޑުކުރި އަންހެން ދަރިފުޅުގެ ބަނޑުގައި އޮތީ ހަމަ އެމީހުންގެ ދަރިފުޅުގެ ދަރިއެއްކަން އެނގުމުން އެމިހުންގެ ހިތުގައި އަޅާނެ ވޭން ވިސްނައިވެސް ނުލެވެއެވެ. އެ ނުބައި ނުލަފާ އިންސާނައަށް 20 އަހަރުގެ ހުކުމް ކުރެވުނީ އޭނާގެ އަމިއްލަ ދުލުން އެކަމެއް އިއުތިރާފްވެ އެއްބަސްވުމުންނެވެ. އިންސާފު ލިބުނުކަމުގައިވިޔަސް ގިނަ ބައެއް ދިޔައީ އަހަރެންނަށް އެތަކެއް މަލާމާތަކާއި ފުރައްސާރަކުރަމުންނެވެ. އަހަރެންގެ ބަނޑުގައި އޮތް ތުއްތު ފުރާނަ ނާއްތާލުމަށްވެސް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އަހަރެން ބޭނުންވީ އެ ދަރިފުޅު މި ދުނިޔެއަށް ގެންނާށެވެ. އެކަމުގައި ލިބެމުންދިޔަ މަންމަމެންގެ އެއްބާރުލުމާއެކު އަހަރެން ވިހެއީ ލޯބި ލޯބި އަންހެން ކުއްޖެކެވެ. އެ ދަރިފުޅު ބޮޑުވެގެން ބައްޕަ ކޮބާހޭ އަހައިފިއްޔާ ދޭނެ ޖަވާބެއް އަހަންނަކަށް ނޭނގެއެވެ.އެ ދަރިފުޅޫ ފެނުމުން ބޭބެ އަހަންނާ ދޭތެރޭ ކަންތައް ކުރިގޮތް ސިފަވިޔަސް އަހަރެން ހުރީ އެ ދަރިފުޅަށް އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމަށް އަޒުމް ކަނޑައަޅައިގެންނެވެ. މަންމަ އާއި ބައްޕަގެ އެހީ ތެރި ކަމާއެކު އަހަރެން ޑޮކްޓަރީ ކަމުގެ ކޯސް ފުރިހަމަކުރީމެވެ. ހަމައެކަނި އަހަރެންގެ ދަރިފުޅަށްޓަކައެވެ.

ހިޔާލުތަކުގެ ދުނިޔެއިން ބޭރަށް ނިކުމެވުނީ ނިމްއޭ ކިޔައިފައި ފިރިމީހާ ގޮވާލުމުނުނެވެ. އަހަރެންގެ ވޭންހުރީ މި މާޒީއާއެކު އަހަރެންނާއި އަހަރެންގެ ދަރިފުޅު ނަމްޝާގެ އަތުގައި ހިފި ހަމައެކަނި ފަރާތެވެ. ނަމްޝާއަށް ބައްޕައެއްގެ ލޯބި ޝިޔާޒްދެމުން ދިޔަޢީ ޢޭނާގެ އަސްލު ބައްޕަވެސް އޭނާއަށް ނުދޭނެ މިންވަރަށެވެ. ދުނިޔެއަށް އުފަން ކޮންމެ ފިރިހެނަކީ ޝިޔާޒް ކަހަލަ މާތްބައެއް ނަމަ މިއަދު މި މުޖްތަމައުއިން ފެންނަމުން މިދާ މަންޒަރުތައް ނުފެންނާނެކަން ޔަގީނެވެ.ކ ޮންމެއަކަސް އަހަރެންގެ ނަސީބުގައި ޝީޔާޒް ފަދަ ހިތްހެޔޮ އިންސާނަކު ލައްވަފާއި ވުމީ އަހަރެން މަތް ﷲ ކޮންމެ ދުވަހަކަވެސް ޝުކުރުއަދާކުރާކަމެކެވެ. ޥޭންތަކުން ފުރިފައިވި އެ މާޒީ އަހަރެންގެ ހަޔާތުން ދުވަހަކުވެސް ފިލައިގެން ނުދާނެ ކަން ޔަގީނެވެ. ބޭބެގެ ފުށުން މި ހަށިގަނޑުގައި ހެނދުނު ޒަހަމް ތައް ލޮލަށް ނުފެނުނަސް މިއަދާޖެހެންދެން ވެސް އެދުވަހު އެ ޒަހަމް ތަކުގައި އެޅި ވޭނާއެއްވަރަށް އަޅަމުންދެއެވެ. ބޭބެ އަހަންނާއިމެދު އެގޮތަށް ކަންތައް ކުރީ ކީއްވެކަން އެއީ މިއަދުވެސް ޖަވާބު ނުލިބޭ އަދި ދުވަހަކުވެސް ޖަވާބު ނުލިބޭނޭ އަދި އެ ސުވާލުގެ ޖަވާބަކަށް އުމުރު ދުވަހު އަހަރެން އިންތިޒާރުކުރާނެ ސުވާލެކެވެ.