ހުޅުމާލެ ފޭސް ދޭއްގައި ހެވީ ވެހިކަލަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު 4:30 ހާއިރު ހުޅުމާލެ ފޭސް ދޭއްގެ ބްރިޖް އިން ދުއްވާފައި ދިޔަ ހެވީ ލޯޑް ވެހިކަލަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން އަންހެން މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށާއި މި އެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި އެކްސިޑެންޓުގައި އަންހެން މީހާއަށް ލިބުނު އަނިޔާތަކެއް އަދި ހާމައެއް ނުކުރެއެވެ.