ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ މާލީ ބަޔާން އާންމުކޮށްފިއެވެ.

އަލީ ޒާހިރުގެ މާލީ ބަޔާނުން ފެންނަން ހުރި އެހެން މައުލޫމާތައް ބަލާއިރު ސައިކަލެއް ފިޔަވައި އޭނާގެ މިލްކިއްޔާތުގައި އެއްވެސް މުދަލެއް ނެތެވެ.

ޒާހިރުގެ މާލީ ބަޔާނުގައިވާ ގޮތުން އޭނާ ދެ ބޭންކެއްގައި ތިން އެކައުންޓެއް ވަނީ ހުޅުވާފައިވެއެވެ.

މިގޮތުން ބޭންކްތަކުގައި ހުރި އާމްދަނީއަށް ބަލާއިރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އޭނާގެ 3500 ރުފިޔާ އެބަހުއްޓެވެ. \

އިސްލާމިކް ބޭންކްގައި 97000 ރުފިޔާ ހުރިއިރު ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އެކައުންޓެއްގައި 1400 ޑޮލަރު އެބަހުއްޓެވެ.

މާލީ ބަޔާނުގައިވާ ގޮތުން އަލީ ޒާހިރަށް މުސާރައިގެ ގޮތުގައި ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި ލިބިފައި ވަނީ 431،669.93 ރުފިޔާއެވެ. އޭގެ ބޭރުން އެއްވެސް އާމްދަނީއެއް ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން އަލީ ޒާހިރާއި އަންހެނުންގެ ނަމުގައި އެއްވެސް ލޯނެއް ނަގައިފައެއް ނެތް ކަން ވެސް މާލީ ބަޔާނުގައި ބުނެފައިވެއެވެ.