2023ގެ ނިޔަލަށް ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމު ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ކުރިއަށްދާ ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ގެނައި ބަދަލުތަކުގެ ސަބަބުން ފުލުހުންގެ "ތަސްވީރުގެ ކުލަ ރީތިވެއްޖެ" ކަމަށެވެ.

"އަންނަ 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ހިދުމަތް އިރާދަކުރެއްވިއްޔާ ގާއިމުކޮށް ނިމޭނެ. އުމްރާނީ ވަސީލަތާ އެކުއެކީ ދިވެހި ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތުގެ މަގު މިދަނީ އަލިވަމުން. މިއީ ރައްކާތެރި އަމާން ދިވެހިރާއްޖެއެއް ކަށަވަރު ކުރުމަށް ހިންގޭ ބޮޑު މަޝްރޫއެއް،"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ ފުލުހުން ކުރަމުން ގެންދަނީ ބުރަ އަދި އެހާމެ އުނދަގޫ މަސައްކަތެއް ކަމަށާއި އަދި އެއީ ގިނަ ފާޑުކިޔުންތަކާއި ގޮންޖެހުންތަކެއް ވެސް ކުރިމަތި ކުރުވާ ކަމެއް ކަމަށާއި ފުލުހުން ކުރިއަށްދާންވީ އިސްލާހު ކުރަންޖެހޭ ކަންކަން ހުންނާނެކަން ދެނެތިބެ، މިއަދަށް ވުރެ މާދަމާ ރަނގަޅު ކުރަން އަޒުމް ކަނޑައަޅައިގެން ކަމަށެވެ.

ރައީސް ވިދާޅުވީ ފުލުހުންނަށް އައި އެންމެ ބޮޑު ބަދަލަކީ ޒަމާނީ ފުލުހުންގެ ގާނޫނު ކަމަށާއި އެހެންނަމަވެސް އަދިވެސް ފުލުހުންގެ ހިދުމަތަށް ބަދަލުތައް އަންނަންޖެހޭ ކަމަށެވެ.