އުރީދޫން ރޯދަ މަހު ބާއްވާ "މަސްރޭސް"ގެ ޕާޓްނާއަކަށް އިޖީނާއި ޖެކްސްކީފަދަ ތަކެތި ވިއްކަމުން އަންނަ ޑީޓެކް ކުންފުނި ހަމަޖައްސައިފިއެވެ.

އުރީދޫގެ މަސްރޭސް ބޭއްވުމުގައި ޑީޓެކް އިން ޕާޓްނަރަކަށްވެފައިވާ އިރު އެކުންފުނިން ވަނީ މަސްރޭސް ކާމިޔާބު ކުރާ ޓީމަކަށް އެވުންރޫޑް ބްރޭންޑްގެ 8.9 ހޯސްޕަވާގެ އިންޖީނެއް ހުށަހަޅައިފައެވެ.

މި އަހަރުގެ ރޯދަ މަހު ބާއްވާ އުރީދޫ މަސްރޭހުގައި 23 ޓީމަކުން ވަނީ ބައިވެެރިވެފައެވެ. އުރީދޫ މަސް ރޭސް އެންމެފަހު މިދިޔަ 2019 ވަނަ އަހަރު ބާއްވައިފާވާއިރު އެ އަހަރު އެ ރޭހުގައި ބައިވެރިވީ 16 ޓީމެކެވެ. އުރީދު މަސް ރޭހުގެ 11 ވަނަ ސީޒަން މި ބާއްވަނީ ކޮވިޑް 19 ގެ ސަބަބުން ދެ އަހަރުގެ މެދުކެނޑުމަކަށްފަހުއެެވެ.

އެ މުބާރާތުން އެއް ވަނައަށް ހޮވޭ ޓީމަކަށް 50،000 ރުފިޔާ ލިބޭނެއެވެ. އެންމެ ގިނަ މަސް ބާނާ މީހަކަށް 5،000 ރުފިޔާ ލިބޭ އިރު އެންމެ ބަރު މަސް ބާނާ މީހަކަށް 5،000 ރުފިޔާ ގެ އިނާމެއް ލިބޭނެއެވެ.

އުރީދޫއިން ބުނީ އެ މަސްރޭސް ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ފިޔަވާ ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފަ ވަނީ މޭ މަހުގެ 1 ވަނަ ދުވަހު ކަމަށެވެ. މަސްރޭސް އޮންނަ ދުވަސްތަކުގައި މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު އުސްފަސްގަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑުބެރުގެ އިތުރުން ވަނަތައް ކާމިޔާބު ކުރި ފަރާތްތަކަށް އިނާމް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން އެދެއެވެ.