މޫލީ މެދުވެރިކޮށް އަލްޕައިން ގްރީން އައިފޯން 13 ޕްރޯ މެކްސް މިހާރު ގަންނަން ލިބެން ހުންނާނެ ކަމަށް އުރީދޫން ބުނެފިއެވެ.

އެ ކުންފުނިން ބުނީ، މިހާތަނަށް ނިކުތް އައިފޯންތަކުގެ ތެރެއިން އެންމެ މޮޅު ޑުއަލް ކެމެރާ ފީޗާ އެކުލެވޭ އައިފޯން 13 ޕްރޯ މެކްސް ގެ އަލްފައިން ގްރީން ކުލައިގެ ފޯން ލިބެން ހުންނާނެ ކަމަށެވެ.

މި ފޯން ގަންނަން ބޭނުން ނަމަ އޮންލައިންކޮށް ގަނެވޭނެ ކަމަށާއި އަދި ކަސްޓަމަރުގެ ގެއަށް މޫލީ މެދުވެރިކޮށް ޑެލިވާ ކޮށްދޭނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.

އުރީދޫގެ އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް "މޫލީ" އަކީ ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލް ކޮށްލަ ދޭ ޕްލެޓްފޯމެކެވެ. އުރީދޫގެ ޕްރޮޑަކްޓުތައް އޯޑަރު ކުރުމާއި، އޮންލައިންކޮށް ފައިސާދެއްކުން، އަދި އޮންލައިންކޮށް އޯޑަރު ކުރާ ޕްރޮޑަކްޓްތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވާ ކޮށްދިނުން މޫލީގައި ހިމެނެއެވެ.