މި ފެށޭ ރަމަޟާންމަހާ ދިމާކޮށް މާލޭގައި ބާއްވަން ހަމަޖެހިފައިވާ ނައިޓްމާކެޓް މި މަހުގެ 28 ގައި ބާއްވަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މިއީ ރަމަޟާން މަހާ ގުޅިގެން އާންމުންނަށް ހެޔޮ އަގުގައި ރޯދައަށް ބޭނުންވާ ސާމާނު ހޯދައިދިނުމުގެ ގޮތުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އެހީތެރިވުމުގެ ގޮތުން ބާއްވާ ނައިޓް މާކެޓެއް ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ ނައިޓް މާކެޓްގެ ކޯ އޯގަނައިޒާ އަކަށްވުމަށް ހުށަހެޅި ޕްރޮޕޯސަލް ތަކުގެ ތެރެއިން ހޮވިފައިވަނީ މައި ފިއުޗާ ޕްރައިވެޓް ލިމިޓެޑް ކަމަށެވެ. އަދި މި މަހުގެ 26 ވަނަ ދުވަހުގެ 10 ޖަހާއިރު އެ ކައުންސިލުން އާންމު ހިދުމަތްތަކާބެހޭ ބައިގެ ގޯތި ތެރޭގައި މޭޒު ވިއްކުން ކުރިއަށްދާނެ ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.
ސިޓީ ކައުންސިލުން އިސްނަގައިގެން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ވަނީ ނައިޓް މާކެޓެއް ބާއްވާފައެވެ.