ވިޝަނިން ފޯ މޯލްޑިވްސް ލީޑާޝިޕް ޑައިލޮގްސްގެ ނަމުގައި ސެޝަނެއް ބާއްވައިފިއެވެ.

މި ސެޝަނަކީ ހިންގުމުގެ ދާއިރާގެ އިސް މަގާމުތަކަށް އައްޔަން ކޮށްފައިވާ ފަރާތްތަކުގެ ހުނަރާއި ގާބިލުކަން އިތުރު ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސިވިލް ސާވިސް ޓްރޭނިން އިންސްޓިޓިއުޓާ ގުޅިގެން "އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް 2021- 2023" ގެ ދަށުން "ވިޝަނިން ފޯ މޯލްޑިވްސް ލީޑާޝިޕް ޑައިލޮގްސް" ގެ ނަމުގައި ހިންގި މި ސެޝަން އަކީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ގުޅިގެން ކުރިޔަށް ގެންދިޔަ ވެބިނާ ސީރީޒްގެ ފުރަތަމަ ސެޝަންއެވެ.

މި ސެޝަން މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ހެނދުނު 9:00 އިން 10:30 އަށެވެ. ޒޫމް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ވެބިނާގެ ފުރަތަމަ ސެޝަން ފޯކަސްކޮށްފައި ވަނީ "ލީޑިން ތްރޫ އަންސާޓެނަޓީ: ސްޓްރެޓެޖިކް ފޯސައިޓް" މި މައުލޫގެ މައްޗަށެވެ. މި ވެބިނާ ފެސިލިޓޭޓް ކޮށްދެއްވީ ޔޫއެންޑީޕީން ކަނޑައަޅާފައި ތިއްބެވި ކަމާބެހޭ ދާއިރާގެ ފަންނީ މާހިރުންނެވެ. ޑައިލޮގް ޑިސްކަޝަންގެ ސެޝަން މޮޑަރޭޓް ކުރެއްވީ ރާއްޖޭގައި ހުންނަވާ ޔޫއެންޑީޕީގެ ޕްރެޒެންޓޭޓިވް އެންރިކޯ ގަވެގްލިއާ އެވެ.

ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަން ކޮށްފައިވާ ފަރާތްތަކާއި، ދައުލަތުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތައް ހިމެނޭ ގޮތަށް 300 އަށް ވުރެ ގިނަ ބައިވެރިން މި ވެބިނާގައި ވަނީ ބައިވެރިވެފައެވެ.

ވިޝަނިން ފޮ މޯލްޑިވްސް ލީޑާޝިޕް ޑައިލޮގްސް" ގެ ދަށުން ޔޫއެންޑީޕީ އާއި ގުޅިގެން ކުރިއަށް އޮތް ތާނގައި ވެސް މިފަދަ ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.