އިސްލާމިކް މިނިސްޓްރީން މިއަހަރުގެ މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި އެ މިނިސްޓްރީން ބުނެފައި ވަނީ، އެ ދުވަހުން ފެށިގެން މުދަލުޒަކާތް ވާޖިބުވާ ނިސާބަކީ 7،241.15ރ ކަމަށެވެ.

ކޮންމެ އަހަރަކުވެސް އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތް ވާޖިބުވާ ނިސާބެއް ކަނޑައަޅައެވެ.

މިދިޔަ އަހަރު ނިސާބުގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައަޅާފައި އޮތީ އޭޕްރިލް މަހު 6،961.50ރ އެވެ. އޭގެ ފަހުން އެ އަހަރުގެ އޮގަސްޓު މަހުގައި 6،878.20ރ އަށް ބަދަލު ކުރިއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި ނިސާބުގެ ގޮތުގައި 9.9 މިލިއަން ރުފިޔާ ދައްކާފައި ވެއެވެ. އެއީ ޖެނުއަރީ މަހުގައި ދެއްކި ހަތް މިލިއަން ރުފިޔާ އާއި މިދިޔަ މަހު ދެއްކި ދެ މިލިއަން ރުފިޔާއެވެ. އިސްލާމިކް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 90 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

މުދަލު ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ކިފާޔަތުގެ ފަރުޟެކެވެ.