100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހޮދުމަތް ނ.ހޮޅުދޫއަަށް މިއަދު ތައާރަފް ކޮށްފިއެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ފެންވަަރު ރަނގަަޅު އިންޓަނެޓްގެ ހިދުމަތް މުހިއްމު ކަމަށެވެ. އެ ކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަަމުން މިދަަނީ 100 ޕަސެންޓް އާބާާދީއަަށް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަަށް އޭނާ ބުނެއެވެ.

މިދިޔަަ އަހަރެކޭ އެއްފަަަދަައިންް މި އަަހަރު ވެސް ގިނަަަ ރަަށްތަަކަަަކަަށް މި ހިދުމަަތް ފޯރުކޮށްދިނުމަށް ރާވާފައިވާ ކަމަށް ނިޔާޒް ވިދަޅުވިއެވެ. އެގޮތުން މިއަދު ސުޕަނެޓްގެ ޚިދުމަތް ނ. ހޮޅުދޫއަށް ތައާރަފްކޮށް، ހޮޅުދޫގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާ ގުޅުވާލަދީފައިވާ ކަމަށް ނިޔާޒް ފާހަގަ ކުރެއްވިއެވެ. ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވާ ހިދުމަތް އެކުލެވޭ މި ޕެކޭޖްތަަަކަަކީ މާކެޓްގަައި އެންމެ ރަަނގަޅު ޕެކޭޖްތަައް ކަމަށާއި ކުރިއަށް އޮތްް ތަނުގައި ވެސް ދިވެހިންގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަަށް މަންފާވާނެ ފަދަ ހިދުމަަތްތަަައް ފޯރުކޮށް ދިނުމުގަަައި އުރީދޫ ދެމިތިބޭނެ ކަަަމުގެ ޔަަަގީންކަން އަަރުވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމަށް އުރީދޫން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. މީގެ އިތުރުން ސުޕަރނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭ އިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާ އެއްވެގެން ދާނެއެވެ.

ހޮޅުދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ހޯދުމަށް ނުވަތަ ސުޕަނެޓް ޕެކޭޖްތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް، މި ލިންކަށް ޒިޔާރަތް ކޮށްލާށެވެ.