އްޖެ އެތެރެކުރަން އުޅުނު 3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މިތަކެތި އަތުލައިގަންފައި ވަނީ ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލާ ފާސްކުރުުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލާ ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.

އެ ސާވިސްއިން ބުނީ މާޗް 9 ވަނަ ދުވަހު ބަލާ ފާސް ކުރި ޕާރްސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ އެމްޑީއެމްއޭ އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކަސްޓަމްސްއިން އިތުރަށް ބުނީ އެ މައްސަލައާ ގުޅިގެން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 1.15 ކިލޯހުރި ކަމަށާއި މި ތަކެތީގެ މަގުމަތީ އަގު 3 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މި މަހުގެ 1 އަދި 6 ވަނަ ދުވަހު ކަސްޓަމްސްއިން އަތުލައިގެން މަސްތުވާތަކެތީގެ ޖުމްލަ އަގު 12،953،500 ރުފިޔާއަށް އަރައެވެ. މި މަހުގެ 1 ވަނަ ދުވަހު 546 ގްރާމް އެމްޑީއެމްއޭ އާއި 585 ގްރާމް މެފެޑްރޯން ކަސްޓަމްސްއިން އަތުލައިގެންއިރު މާޗް 6 ވަނަ ދުވަހު 2.228 ކިލޯގެ ކޮކެއިން އެ ސާވިސުން ވަނީ އަތުލައިގެންފައެވެ.

މިދިޔަ ޖެނުއަރީ މަހު ފަހުކޮޅު ކަސްޓަމްސްގައި ވަނީ މަސްތުވާތެކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް އިތުރަށް ފުޅާކުރުމަށް ސްޕެޝަލް އޮޕަރޭޝަންސްގެ ޓެކްޓިކަލް ޓީމެއް ނަގާފައެވެ. އަދި މި ޓީމް ދަނީ މާލެއާއި ރީޖަނަލް ކަސްޓަމްސްތަކުގައި ހަރަކާތްތެރި ވަމުންނެވެ.