ސިންގަޕޫރުގައި މީގެ ދެ ހަފުތާ ކުރިން ކުރެއްވި ތައިރޮއިޑްގެ ސާޖަރީއަށްފަހު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

ތައިރޮއިޑް އޮޕަރޭޝަނަށްފަހު ގައުމާ މުހާތަބުކުރައްވާ މިރޭ ރައީސް ވިދާޅުވީ އޮޕަރޭޝަނަށް އެމަނިކުފާނު ސިންގަޕޫރަށް ދިޔަ ދުވަހުން ފެށިގެން ހެޔޮދުއާ ކޮށް ދިން ހުރިހާ ފަރާތްތަކަށް އެމަނިކުފާނުގެ އާއިލާ އާއި ހުދު އެމަނިކުފާނުގެ ފަރާތުން ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

"އަޅުގަނޑު މީގެ ހަފުތާއެއްހާ ދުވަސް ކުރިން މިއައީ، އަޅުގަނޑުގެ ތައިރޮއިޑްގެ އޮޕަރޭޝަނެއް ކޮށްގެން. މާތް ﷲގެ އޯގާވަންތަކަމުން އަޅުގަނޑުގެ ހާލު މިހާރު ރަނގަޅު. އޮޕަރޭޝަނަށް އަޅުގަނޑު ސިންގަޕޫރަށް ދިޔަ ދުވަހުން ފެށިގެން، އަޅުގަނޑަށް ހެޔޮ ދުއާކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް އިހުލާސްތެރިކަމާއެކު އަޅުގަނޑާއި އަޅުގަނޑުގެ އާއިލާގެ ފަރާތުން ޝުކުރު ދަންނަވަން،"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތައިރޮއިޑް އޮޕަރޭޝަން ކުރެއްވުމަށް ރައީސް ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ ފެބްރުއަރީ 23 ގައެވެ. އަދި އެ މަހުގެ 25 ވަަ ދުވަހު ތިން ގަޑިއިރުގެ އޮޕަރޭޝަނެއް ރައީސް ވަނީ ކުރައްވާފައެވެ. އެ ތިން ގަޑިއިރަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައި ވަނީ އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމެވެ.