ސްޓޮކް މަދުވުމުން އަލުން ޗާޕްކުރި 20 ރުފިޔާގެ ނޫޓު ދައުރުވާ ފައިސާގެ ތެރެއަށް ނެރެފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މި ނޯޓުއަކީ އޮކްޓޫބަރު 13، 2021 ގައި ޗާޕުކޯށްގެން ރާއްޖެ ގެނައި ސްޓޮކެއް ކަމަށެވެ.

އަލަށް ޗާޕުކޮށްގެން ނެރުނު 20 ރުފިޔާގެ ނޫޓުގައި ސޮއިކުރައްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޢަލީ ހާޝިމެވެ.

މި ނޫޓުގައިވާ ތާރީހަކީ ޖުލައި 01، 2020، 10 ޛުލްގައިދާ 1441 އެވެ.

އެމްއެމްއޭއިން ބުނީ އަލަށް ޗާޕުކޮށްގެން ނެރުނު 20 ރުފިޔާގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 20 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ ކަމަށެވެ.

މީގެ އިތުރުން 2016 ވަނަ އަހަރު ރަންދިހަފަހެއް ނެރުމަށްޓަކައި، 2015 ވަނަ އަހަރު ގެނެސް ގުދަން ކުރެވުނު 20 ރުފިޔާގެ ސްޓޮކު މި މަސް ނިމެންވާއިރަށް އެއްކޮށް ހުސްވާނެ ކަމަށް ވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

އެމްއެމްއޭއިން ބުނީ އިގުތިސާދަށް ބޭނުންވާ މިންވަރަށް ނޫޓު އަބަދު ވެސް ލިބޭނެ މިންވަރަށް ސްޓޮކްގައި ހުންނަން ޖެހޭތީވެ އާ ޗާޕެއް ނެރުނީ ކަމަށެވެ.