ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް އެ ގައުމުގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ ކުރަމުން ދާ ހަނގުރާމަ 2 ހަފުތާއަށް ދިގުލާ ގޮސްފައި ވާއިރު، މި ކުރިމަތިލުންތަކުގައި ޔޫކްރޭނުން މަރުވި ކުޑަކުދިންގެ އަދަދު 30 އަށް އަރާފައި ވާ ކަމަށް ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް) އިން ހާމަކޮށްފިއެވެ.

ޔުނިސެފްގެ އެގެޒެކެޓިވް ޑައިރެކްޓާ ކެތަރީން ރަސަލް ވިދާޅުވީ ހަނގުރާމައާށް 2 ހަފުތާ ވުމުގެ ކުރިން މަރުވި ކުޑަކުދިންގެ އަދަދު 37 އަށްއަރާފައި ވާ ކަމަށާ، ޒަހަމްވީ ކުދިންގެ އަދަދު 50 އަށް އަރާ ކަމަށެވެ. އަދި މިލިއަނަކަށް ވުރެ ގިނަ ކުދިންނަށް ގައުމޫ ދޫކޮށް ދިއުމަށް މަޖުބޫރު ވެފައި ވާ ކަންވެސް އދގެ އޮފިޝަލު ވަނީ ފާހަގަ ކުރައްވާފައެވެ.

ހޮސްޕިޓަލުތަކާ، ފެނާއި ނަރުދަމާ ނިޒާމިތަކުގެ އިތުރުން ސްކޫލް ފަދަ މަދަނީ އުމްރާނީ ބިނާވެއްޓަށް ގެއްލުންދީ، އާންމުންނަށް ހަމަލާ ދިނުމަކީ ދެކޮޅުޖެހޭ އަމަލުތަކެއް ނޫން ކަން ފާހަގަ ކުރައްވަމުން ރަސަން ވަނީ، މިފަދަ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

ރަސަލް ވަނީ ޔޫކްރައިންގެ ކުޑަކުދިންނަށް، އިންތިހާއަށް ސުލްހަ ބޭނުން ވާކަމަށް ގޮވާލައްވާފައެވެ.

މި ދަނޑިވަޅަކީ ޔޫކްރައިންގައި ހަނގުރާމަ އެންމެ ގަދަވެފައިވާ މަރިއޮޕުލް ސަރަހައްދުގައި ހުންނަ މާބަނޑު މީހުންގެ ހޮސްޕިޓަލަކަށް އަމާޒުކޮށް، ރަޝިއާއިން ވަރުގަދަ ބޮމުގެ ހަމަލާއެއް ދީފައި ވާ ދަނޑިވަޅެކެވެ.