ޓެރަރިިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރާ މިންވަރު ރައީސަށް އަންގަން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
މިކަން މިގޮތަށް ހަމަޖެއްސީ ޓެރަރިޒަމް މަނާކުރުމުގެ އާންމު ގަވައިދަށް މިއަދު ގެނައި އިސްލާހާ ގުޅިގެންނެވެ. އެ ގަވައިދަށް މިއަދު ގެެނައި އިސްލާހުގައިވާ ގޮތުން އެފަދަ މައުލޫމާތު ހިއްސާކުރާ މިންވަރުގެ ތަފާސްހިސާބު ރިޕޯޓެއް ހޯމް މިނިސްޓަރުގެ އިތުރުން ރައީސަށް ވެސް ކޮންމެ ތިން މަހުން އެއްފަހަރު ފުލުހުން ފޮނުވަން ޖެހެއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތުތައް ކަމާބެހޭ އިދާރާތަކުގެ މެދުގައި ހިއްސާކުރާނެ ނިޒާމެއް އޮންނަން ޖެހޭއިރު ޓެރަރިޒަމް މަނާކުރުމުގެ އާންމު ގަވައިދު ކުރިން އޮންނަ ގޮތުން މައުލޫމާތު ހިއްސާކުރާ މިންވަރު ފުލުހުން އަންގަން ޖެހެނީ ހޯމް މިނިސްޓަރަށެވެ.
ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރާ ނިޒާމުގައި ހިމެނެނީ ފުލުހުންނާއި ސިފައިންނާއި އިމިގްރޭޝަނާއި ކަސްޓަމްސްގެ އިތުރުން އެމްއެމްއޭއެވެ.