އުރީދޫ މޯލްޑިވްސް އާއި މެޓަ ކުންފުނި ގުޅިގެން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކް މެދުވެރިކޮށް ރީޗާޖްކޮށް އެޑް އޮންސް ގަނެވޭނެ ގޮތް ހަދައިފިއެވެ.

އުރީދޫއިން ބުނީ މެޓަ އާއި ގުޅިގެން މި ހިދުމަތް ފޭސްބުކް މޮބައިލް ސެންޓަރު ފޯރުކޮށްދީފައި ވަނީ އެކުންފުނީގެ ރަސްމީ ޑިޖިޓަލް ޗެނަލްތަކުގެ އިތުރުން އާންމު ބޭނުންތަކުގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ހިދުމަތް ހޯދޭނެ ގޮތް ފަހިކޮށްދިނުމަށް ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒު ވިދާޅުވީ ފޭސްބުކް އަކީ ރާއްޖޭގައި އެކަކު އަަނެކަކާ ގުޅުން ބަދަހިކޮށް މައުލޫމާތާއި ހަަބަަރު ލިބިގަތުމަަށާއި މުނިފޫހިފިލުވުމަށް ވެސް ބޭނުން ކުރާ ޕްލެޓްފޯމެއް ކަމަށާއި އެހެންކަމުން މި ޕާޓްނާޝިޕާއެކު ފޭސްބުކް ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު ފަސޭހަަކަަމާއެކު ފޭސްބުކް މެދުވެރިކޮށް ރީޗާޖްކޮށް ފޭސްބުކް އަދި އެހެނިހެން ޕްލެޓްފޯމްތައްވެސް މެދުކެނޑުމެއްނެތި ބޭނުންކޮށްލެވޭނެ ކަމަށެވެ.

"މެޓަ އާއި އެކު އަޅުގަނޑުމެންގެ ޕާޓްނަރޝިޕް އިިތުރަަށްް ވަރުގަދަކޮށް އީޖާދީ ހައްލުތަކާ އެކު އަޅުގަނޑުމެންގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަކީ އަޅުގަނޑުމެންްނަށް ލިބޭ ވަރަށް ބޮޑު އުފަލެއް."
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒު

ފޭސްބުކް މެދުވެރިކޮށް އެޑް އޮން ރީޗާޖް ކުރުމަށް ނުވަތަ ގަތުމަށް:

  1. ފޭސްބުކަށް ލޮގިން ވުމަށް ފަހު މެނޫ ހިޔާރުކުރައްވާ
  2. ސެޓިންގްސް އެންޑް ޕްރައިވެސީ ހިޔާރު ކުރަައްވާ
  3. "މޮބައިލް ސެންޓަަރ-އުރީދޫ މޯލްޑިވްސް" ހިޔާރު ކުރައްވާ
  4. ރިޗާާޖް ހިޔާރު ކޮށް މައުލޫމާާތު ކަަަށަވަރު ކުރައްވާާާ

އުރީދޫއިން ވަނީ ފޭސްބުކް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިލޭ ފޭސްބުކް ބޭނުންކުރެވޭ ޓެކްސްޓް އޮންލީ ފޭސްބުކް ވާޝަންވެސް ތައާރަފްކޮށްފައެވެ. މި ހިދުމަތްތަކާއެކު އުރީދޫ މޮބައިލް ބޭނުންކުރާ ފަރާތްތަކަށް އެއްވެސް ޑޭޓާ ސަބްސްކްރިޕްޝަނަކާ ނުލާާ ފޭސްބުކް އަދި ފޭސްބުކް މެސެންޖާގެ ބޭސިކް ވާޝަން ބޭނުންކުރެވޭނެއެވެ.

މީގެއިތުރުން މިއަދު މި ތަައާރަަަފް ކުރި ހިދުމަތާާއެކު އެ ޕްލެޓްފޯމް ތެރެއިން ރިޗާޖްކޮށް ޓެކްސްޓް އޮންލީ ވާޝަން އިން ފޭސްބުކް ގެ ފުރިހަަމަަަ ވާޝަންއަށް ބަަަދަލުކޮށް ވީޑިއޯ އަދި ފޮޓޯ ބަަލާާލެވޭނެއެވެ.