މާލޭ އަދި ވިލިމާލޭގެ ބައެއް ސަރަހައްދުން މިއަދު ހެނދުނު ކަރަންޓުގެ ހިދުމަތް ކަނޑާލަން ޖެހިދާނެ ކަމަށް ސްޓޭލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، ކަރަންޓު ކެނޑުމަށް ހަމަޖެހިފައި ވަނީ ވިލިމާލޭގެ އިހްލާސް މިސްކިތް ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 09:30 އިން 12:00 އަށް ކަމަށެވެ.

މީގެ އިތުރުން މިއަދު ހެނދުނު 10:00 އިން 11:00 އަށް ގަލޮޅުގެ މަޖީދީމަގާއި، އަމީނީމަގު އަދި ދޮނަދަރާދަ ހިނގުމުގެ އިތުރުން ކޮއިމަލާ ހިނގުން ހިމެނޭ ސަރަހައްދުން ވެސް ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

އެއީ އެ ކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މި މަސައްކަތް ނިމުނު ހާ އަވަހަކަށް އަލުން ކަރަންޓު ލިބޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. މިކަމުން އާންމުންނަށާއި ވިޔަފާރުތަކަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށާއި އެފަދަ އެކި މަސައްކަތްތައް ކުރުމަށް މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން ކަރަންޓުގެ ހިދުމަތް ކަނޑާ ފަހަރުތަކުގައި އާންމުކޮށް ސްޓެލްކޯއިން އަންނަނީ އެ ފަދަ މައުލޫމާތު ހިއްސާ ކުރަމުންނެވެ.