ކުރީގެ ރައީސް ވަހީދުގެ ވެރިކަމުގައި ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަލީ ރަޝީދު އަވަހާރަވެއްޖެއެވެ.

އަލީ ރަޝީދު އަވަހާރަވީ މެލޭޝިޔާގައެވެ. އާއިލާއިން ވަނީ އަލީ ރަޝީދުގެ މައްޗަށް ކުރެވޭ ކަށު ނަމާދު މެލޭޝިޔާގައި މާދަމާ ހުކުރު ނަމާދަށްފަހު އޮންނާނެ ކަމަށް ބުނެފައެވެ.

އުމުރުން 59 އަހަރުގެ އަލީ ރަޝީދު އަވަހާރަވިއިރު އޭނާގެ ދެ ބޭފުންނާއި އަނބިކަނބަލަކު ދުނިޔޭގައި އެބަ އިންނެވިއެވެ.

އަލީ ރަޝީދައަކީ ކުރީގެ ރައީސް ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސައިންގެ ކޮއްކޮއެވެ.

އަލީ ރަޝީދު ވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

މީގެ އިތުރުން އެލިއާ ގްރޫޕުގެ ޔަމަހާ ސޭލްސް މެނޭޖަރު ކަން ވެސް ވަނީ ކުރައްވާފައެވެ.