ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޝާހު ރުކް ހާންގެ ކުރިއަށް އޮތް ފިލްމު ނެރޭ ދުވަސް އިއުލާން ކޮށްފިއެވެ.

ޝާހު އެންމެ ފަހުން ފެނިގެން ދިޔައީ 2018 ވަނަ އަހަރު ނެރުނު ފިލްމެއް ކަމަށްވާ "ޒީރޯ" އިންނެވެ. އެފިލްމަށް ފަހު ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔައީ އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާ "ޕަޓާން" ނެރޭނެ ދުވަހެއް އިއުލާން ކުރާނެ ދުވަހަކަށެވެ.

އެތައް އަހަރަކު ސަޕޯޓަރުން އިންތިޒާރުގައި ބެހެއްޓުމަށްފަހު މިއަދު ޝާހު ވަނީ "ޕަޓާން" ނެރޭ ދުވަސް އިއުލާން ކޮށްފައެވެ.

ސޯޝަލް މީޑިއާގައި ފިލްމުގެ ކުޑަ ޓީޒާއެއް ހިއްސާކޮށްލާ ޝާހު ވަނީ ފިލްމު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ފިލްމު ނެރޭނެ ކަމަށް ބުނެފައެވެ.

ޝާހު ހިއްސާހުރި ޓީޒާއިން ޝާހުއާއެކު ފިލްމުގައި ފެނިގެންދާ ދެ ތަރިން ކަމަށްވާ ދީޕިކާ ޕަޑުކޮން އަދި ޖޯން އަބްރަމް ވަނީ ފެނިގެން ގޮސްފައެވެ.

https://www.instagram.com/tv/Caly4-WohLM/?utm_medium=copy_link

މި ފިލްމު ހިންދީ، ތަމިލް އަދި ތެލުގޫ އިން ވެސް ނެރުމަށް ވަނީ ނިންމާފައެވެ.