ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލް އާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ސަން ޓްރެވެލް އިން ހިލްޓަން އަށް ދައްކަން ޖެހޭ 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކި މައްސަލާގައި، މަޝްހޫރު ވިޔަފާރިވެރިޔާ، މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހަންމަދުގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
ހިލްޓަންގެ މައްސަލާގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތް:
- އިރުފުށި ރިސޯޓު މެނޭޖްކުރުމަށް ހިލްޓަންއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ 27 ފެބުރުއަރީ 2009ގައި
- ރިސޯޓު ހިންގުމުގައި ހިލްޓަނުން ތަކުރާރުކޮށް އެއްބަސްވުމާ ހިލާފުވަމުން ދާ ކަމަށް ބުނެ އޭޕްރީލް 2013ގައި ސަން ޓްރެވަލްސް އިން އެ އެއްބަސްވުން ބާތިލުކުރި
- މެއި 2013ގައި ހިލްޓަންގެ ފަރާތުން އިންޓަނޭޝަނަލް ޗެމްބާ އޮފް ކޮމާސްގެ، އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަނަށް އެ މައްސަލަ ހުށަހެޅި
- ހިލްޓަނަށް 24 މިލިއަން ޑޮލަރު (370.8 މިލިއަން ރުފިޔާ)ގެ ބަދަލެއް ދޭން އާބިޓްރޭޝަނުން އެންގި
- ހުކުމް ތަންފީޒުނުކުރުމުން، 2020ގައި ހިލްޓަން އިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ތަންފީޒީ ފިޔަވަޅެއްގެ ގޮތުން ސަން ޓްރެވަލްސްގެ ބޭންކު އެކައުންޓްތައް ފްރީޒްކުރި
- ސަން ޓްރެވަލްސް އިން އެ އަމުރުތައް ހައި ކޯޓުގައި އިސްތިއުނާފުކުރި
ދ. މީދޫ ދާއިރާގެ މެމްބަރު ސިޔާމްގެ އިތުރުން، ސިޔާމްގެ ކުރީގެ އަނބިކަނބަލުން އައިޝަތު ފާއިޒްގެ ޕާސްޕޯޓް ހިފަހައްޓަން ވެސް، ސިވިލް ކޯޓުން އިމިގްރޭޝަންގެ މައްޗަށް މިދިޔަ މަހުގެ 9 ގައި ކުރި އަމުރުގައި ވަނީ އަންގާފައެވެ.