"ޑޮކްޓާ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ގަވާނިން ބޯޑް" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މިއަދު އެކުލަވާލައްވައިފިއެވެ.

މި ބޯޑަކީ އެ ހޮސްޕިޓަލުގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓެވުމަށްޓަކައި އުފައްދަވާފައިވާ ބޯޑެކެވެ. މި ބޯޑު އެކުލަވާލައިފާ ވަނީ ޖުމްލަ 7 މެންބަރުން މައްޗަށެވެ.

ބޯޑުގައި ހިމެނޭ މެންބަރު:

  1. ޑރ. ލަވްޝާ މުހައްމަދު، ކާއިނާތު، ގދ.ތިނަދޫ (އާންމުންގެ ތެރެއިން އައްޔަންކުރެވޭ މެންބަރެއް)
  2. ޑރ. އަބްދުﷲ އުބައިދު، ދަފްތަރު. ނަންބަރު ރސ 6099 (ޑޮކްޓަރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ހެލްތް ނުވަތަ މެޑިކަލް ދާއިރާގެ ތަޖުރިބާކާރެއް)
  3. ސަރަހައްދުގެ މާލީ ދާއިރާގެ މެންބަރެއް
  4. މަރިޔަމް ނާޒްނީން، ހ. ބަޑިދޫގެ (މިނިސްޓްރީ އޮފް ހެލްތް ތަމްސީލުކުރާ މެންބަރެއް)
  5. ޖީޒާ ހަސަން، ނީލުގެ، ގދ. ތިނަދޫ (ސަރަހައްދުގެ ޕަބްލިކް ހެލްތް ދާއިރާގެ މެންބަރެއް)
  6. ސައުދު އަލީ، އަބުހަރީއާގެ، ގދ. ތިނަދޫ (އަތޮޅު ކައުންސިލްގެ މެންބަރެއް)
  7. ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުރި އިސްވެރިޔާ

ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައި ވަނީ ޑރ. ލަވްޝާ މުހައްމަދެވެ.

ރައީސް ސޯލިހް މީގެކުރިން ވަނީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވާނިން ބޯޑުވެސް އެކުލަވާލާފައެވެ.