އެސްޓީއޯ އިން ކުރިއަށް ގެންދާ "އެސްޓީއޯ ހޯލްސޭލް ޕްރޮމޯޝަން" ފަށައިފިއެވެ.

މި ސޭލް ކުރިއަށްދާނީ މިއަދުން ފެށިގެން އޭޕްރިލް 30، 2022 ގެ ނިޔަލަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުގައި ކުރިޔައްދާ މި ޕްރޮމޯޝަންގެ ތެރެއިން ނަސީބުވެރި ތިން މީހުން ހޮވައި ކޮންމެ ނަސީބުވެރިޔަކަށް ރަށު ޕިކަޕެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ކޮންމެ ހަފްތާއަކު ތިން ނަސީބުވެރިން ހޮވައި ކޮންމެ ފަރާތަކަށް 1500 ރުފިޔާ ގެ ގިފްޓް ވައުޗާ އެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ޕްްރޮމޯޝަން ގައި ކަސްޓަމަރުންނަށް ލިބޭ އޮފާތައް:

ބަންޑަލް އޮފާތައް:

ކްރޫގާ:

  • ގަންނަ 400ގްރާމް ކްރޫގާ ޕާސްތާ ނުސާ ޗޮކްލެޓް ސްޕްރެޑް ގެ ކޮންމެ 2 ކާޓަން އަކަށް 400 ގްރާމް ކްރޫގާ ޕާސްތާ ނުސާ ޑާކް ޗޮކްލެޓް ސްޕްރެޑް ކާޓަންއެއް ހިލޭ.
  • ކްރޫގާ ޕާސްތާ ނުސާ ޑުއޯ ސްޕްރެޑް - 400 ގްރާމް ކާޓަންއެއް ގަތުމުން ކުރޫގާ ކޮކޯ ޕައުޑާ 250ގްރާމް ގެ ކާޓަން އެއް ހިލޭ.

އަލްނޫރު:

  • އަލްނޫރު ގަތުމުން އަލްނޫރު ހިކި ކިރު ކޮންމެ 2 ކާޓަންއަކަށް ޑާކް ޗޮކްލެޓް ޕާސްތާ ނުސާ 400ގްރާމް 1 ކާޓަން ހިލޭ ލިބިލައްވާނެ.

ކޫޕަން:

  • ކޮންމެ 1000 ރުފިޔާ އިން މަތީގެ ވިޔަފާރިއަކަށް ކޫޕަންއެއް. މީގެ ތެރެއިން ކޮންމެ ހަފްތާއަކު ތިން ނަސީބުވެރިން ހޮވައި ކޮންމެ ފަރާތަކަށް 1500ރުފިޔާ ގެ ގިފްޓް ވައުޗާ އެއް.

އެސްޓީއޯއިން ބުނީ މުޅި ޕްރޮމޯޝަން ނިމުމުން ތިން ނަސީބުވެރިން ހޮވާ ކޮންމެ ނަސީބުވެރިޔަކަށް ރަށު ޕިކަޕެއް ހިލޭ ލިބޭނެ ކަމަށެވެ.

އެސްޓީއޯ ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން މި ޕްރޮމޯޝަން ފަށާފައިވާއިރު، ކަސްޓަމަރުންގެ މެދުގައި މަގްބޫލް އެސްޓީއޯ ރަމަޒާން ބަޒާރު އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓް ފިހާރަ އަދި ރީޖަނަލް ފިހާރަ ތަކުގައި އޭޕްރިލް 30، 2022އާ ހަމަޔައް ކުރިއަށްދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.