ހުޅުމާލޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މާލޭ ސިޓީގެ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އުމުރުން 29 އަހަރުގެ އާމިނަތު އީމާން ކްލިނިކަލީ ނިޔާވެއްޖެއެވެ. ކްލިނިކަލީ ނިޔާވުމަކީ ހަށިގަނޑުގައި ވިންދު ހުރި ނަމަވެސް ސިކުނޑިއާއެކު އިތުރު އެއްވެސް ހަރަކާތެއް ނެތި ހަށިގަނޑު އޮންނަ އޮތުމަށް ބޭނުން ކުރާ މެޑިކަލް ޓާމެވެ.
އީމާން ކްލިނިކަލީ ނިޔާވެފައި ވަނީ، އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އީމާންގެ އާއިލާއާއި އީމާންއަށް ފަރުވާދޭ ބައެއް ޑޮކްޓަރުންނާ ހަވާލާދީ މި މައުލޫމާތު މާލޭ ސިޓީ ކައުންސިލާއި ޑަބްޑިޔުޑީސީން ވަނީ ދީފައެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް ރޭ އީމާން އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައި ވާއިރު އޭނާއަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ. އޭރުވެސް އޭނާގެ ހާލު ވަރަށް ނާޒުކު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގަން މެދުވެރިވީ އީމާން ދުއްވާފައި ދިޔަ މަގުގައި، ކުލަމަޑުކަމުން ބައްޕަރެއް އޮތްކަން އޭނާއަށް ނޭނގުމުން ދިޔަ ބާރުމިނުގައި ބަމްޕަރުމަތިން ގޮސް ކައްސާލައިގެން ވެއްޓުމުންނެވެ.
އީމާން، ސައިކަލުން ވެއްޓިފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ވެއްޓިފައި އޮތް އިރު ބޮލާ ދިމާލުން މަގުމައްޗަށް ލޭ ފައިބައިފާ ހުއްޓެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލެ ކުރެދިމާ ހިނގުމުން ހަވީރު 4:25 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއާއި، ފިޝަރީޒް މިނިސްޓްރީ އިން ފަރުތަކާއި، ފަޅުފަޅުގެ ކުލަނުލާތީތަ ކަނޑުދުއްވާއުޅަނދު ފަހަރު ފަރަށް އަރަނީ އެއީ ބަލަންޖެހޭވަރަށް ނުބަލާތީއާއި، ފަރުވާކުޑަވުމާއި، ދަތުރުފަތުރު ކުރާ ކަނޑާއި، އެއްގަމުގެ އުޅަދެއްގެ ހުންގާނު އަތުޖެހިއްޖެއްޔާ އެމީހަކު ހީކުރަނީ ތިމާމީހާމިހުރީ ސިދުރަތުލް މުންތަހާ ގާކަމަށް!
މީ އެޗްޑީސީ ޒިންމާވާންޖެހޭ މަރެއް. ދުރަށް ނުފެންނަ ގޮތަށް ހުންނަ ބައިވަރު ބަންޕަރު ހުޅުމާލޭގަ އެބަހުރި. މިއަދު މިތަންތާ ކުލަލީމަ ނިޔާވި މީހާގެ އާއިލާ އަށް ލިބޭނީ ކޮން ތަސައްލީއެއް. މަގުތައް ނުބެލެހެއްޓާހާ ނިކަމެތި ޤައުމެއްނޫން މިއަދު ދިވެހި ރާއްޖެއަކީ. މިފަދަ ކަންކަން ބެލެހެއްޓޭނީ ޒިންމާވާންޖެހޭ މީހުނަށް އަދަބު ލިބޭން ފެށުމުން.
ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ފަރަށް އަރަނީ ކާކު ފަރުތަކުގެ ގާތަކުގާ ކުލަނުލަިއގެން ޓްރާންސްޕޯރޓް މިނިސްޓްރީއާއި، ފިޝަރީޒް