ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ކުރެދިމާ ހިނގުމުން ސައިކަލެއްގައި ދުއްވައިވާ ދިޔަ މީހަކު ވެއްޓި އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 4:25 ހާއިރު ލިބިފައިވާ ކަމަށެވެ.

އަނިޔާވި އަންހެން މީހާ މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.

ހުޅުމާލެ އާއި ބްރިޖް މަތީގައި މި ފަހަކަށް އައިސް ގިނަ އެކްސިޑެންޓުތަކެއް ހިނގަމުން އަންނައިރު އެކްސިޑެންޓުތަކުގައި ގިނަ ބަޔަކަށް އަންނަނީ އެކިވަރުގެ އަނިޔާތައްވެސް ލިބެމުންނެވެ.