ސްޓެލްކޯ ސޭވް އެނާޖީ ކެމްޕެއިންގެ ދަށުން މާދަމާ ހަވިރު ކުޑަކުދިންގެ ހަވީރެއް ބާއްވަން ހަމަޖައްސައިފިއެވެ.

ސްޓެލްކޯ އިން ބުނީ މި އަހަރުގެ ހޫނުގަދަ ދުވަސްވަރާ ދިމާކޮށް، ކަރަންޓު އިގްތިސޯދު ކުރުމަށް ބާރު އަޅައި، އެ ކުންފުނިން ހިންގާ ސޭވް އެނާޖީ ކެމްޕެއިންގެ ދަށުން ކުޑަކުދިންގެ ހަވީރެއް ބާއްވަން ހަޖައްސާފައިވާ ކަމަށެވެ. މި އިވެންޓް ކުރިއަށް ދާނީ މާދަމާ ހަވީރު 4:30 އިން 6:00 އާ ދެމެދުގައި ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.

ސްޓްެލެކޯ އިން ބުނީ މާދަމާގެ ކުޑަކުދިންގެ ހަވީރުގައި ކުދިންނަށް އަމާޒުކޮށްގެން ތަފާތު އެކި ހަދިޔާތަކާއެކު ކުޅިވަރުތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކުލަ ޖެއްސުމާއި، މަސް ބޭނުމާއި، ޕޭސް ޕެއިންތް ކުރުން ފަދަ މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މީގެ އިތުރުން ރޮބޯމޭންގެ ހުށަހެޅުންތަކާއި، އޭނާޖީ ސޭވިން އެލްއީޑީ ބޮކި ބެހުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް ސްޓްލްކޯއިން ބުނެއެވެ. .