ކުރިއަށް އޮތް ދެ މަހުގެ ތެރޭ ތިން ރަށެއްގައި ޑައަލިސިސްގެ ހިދުމަތް ފެށޭނެ ކަމަށް، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭ ތިން ހޮސްޕިޓަލެއްގައި ޑައަލިސިސްގެ ހިދުމަތް ފެށޭނެ ކަމަށެވެ. އެ ތިން ހޮސްޕިޓަލަކީ:

  • ޅ. އަތޮޅު ހޮސްޕިޓަލް
  • ބ. އަތޮޅު ހޮސްޕިޓަލް
  • ށ. އަތޮޅު ހޮސްޕިޓަލް

މީގެ އިތުރުން، މި ހިދުމަތް ނުފެށި ހުރި ދެން ހުރި ހޮސްޕިޓަލްތަކުގައިވެސް މި ހިދުމަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، މިހާރުވެސް މާލޭގައި 150 އަށް ވުރެ ގިނަ މީހުން ޑައަލިސިސް ހަދާ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކިޑްނީގެ ބަލިތަކަށް ދޭ ފަރުވާގެ ނިޒާމު ރާއްޖޭގައި ފުޅާކުރުމަށް އެކި މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ކިޑްނީގެ ބަލިތަކަށް ފަރުވާ ދިނުމަށްޓަކައި އެފަދަ ސެންޓަރެއް އައިޖީއެމްއެޗްގައި ގާއިމްކޮށް، ހިދުމަތް ދިނުމަށް ފަށާފައިވެއެވެ.