ރާއްޖޭގައި އޮމިކްރޯން ވޭރިއަންޓް ފެތުރެން ފެށި ފަހުން ކޭސްތަކުގެ އަދަދު އިތުރުވުމަށްފަހު މިހާރު ދަށްވަމުން އަންނައިރު، މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތަކުގެ އަދަދުވެސް ވަނީ މަދުވެފައެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ބައެއް ދުވަސް ދުވަހު 2000 އަށް ވުރެ ގިނަ މީހުން ދުވާލެއްގެ މައްޗަށް ޕޮޒިޓިވެފައިވާއިރު މިހާރު އެއަދަދު ވަނީ 600 އަށް ދަށްވެފައެވެ. މިއާއެކު މޮނިޓަރިންގެ ހާލަތުގައި މި ވަގުތު އޮތީ 27 ރަށެކެވެ. މި އަދަދު މިދިޔަ މަހުގެ ތެރޭގައި ވަނީ 40 އަށްވެސް އަރާފައެވެ.

މޮނިޓަރިންގެ ހާލަތުގައި އެންމެ ގިނަ ދުވަސްވެފައިވަނީ ކ. މާފުއްޓާއި ހއ. އިހަވަންދޫއެވެ. އެ ދެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ ޑިސެންބަރު މަހުއެވެ.

ޖެނުއަރީ މަހު މޮނިޓަރިން ހާލަތަށް ލާފައިވާ ރަށްރަށް:

  • 9 ޖެނުއަރީ: ހދ. ނޮޅިވަރަމްފަރު
  • 14 ޖެނުއަރީ: ށ. ފުނަދޫ، ލ. ގަން
  • 16 ޖެނުއަރީ: ހދ. ހަނިމާދޫ
  • 19 ޖެނުއަރީ: ކ. ގުރައިދޫ
  • 20 ޖެނުއަރީ: ހއ. ދިއްދޫ
  • 22 ޖެނުއަރީ: ހދ. ކުޅުދުއްފުށި، ލ. ދަނބިދޫ، ށ. ކަނޑިތީމު، ވ. ކެޔޮދޫ
  • 23 ޖެނުއަރީ: ގދ. ތިނަދޫ
  • 24 ޖެނުއަރީ: ދ. ކުޑަހުވަދޫ
  • 25 ޖެނުއަރީ: ށ. މިލަންދޫ
  • 27 ޖެނުއަރީ: ނ. މާޅެންދޫ
  • 28 ޖެނުއަރީ: ބ. ކެންދޫ
  • 30 ޖެނުއަރީ: ބ. ތުޅާދޫ
  • 31 ޖެނުއަރީ: ރ. އިނގުރައިދޫ

މި މަހު މޮނިޓަރިންގެ ހާލަތަށް ގެނައި 8 ރަށް އެބައޮތެވެ. އޭގެ ތެރޭގައި ހިމެނެނީ ނ. ހޮޅުދޫ، ތ. ވިލުފުށި، ގދ. ފިޔޯރީ، ގދ. ހޯޑެއްދޫ، ރ. އަލިފުށި، ލ. ފޮނަދޫ، ހދ. މަކުނުދޫ އަދި ހދ. ނޮޅިވަރަމެވެ.