ހުޅުމާލޭގައި ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ދިވެއްސަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިސްކިތް ހުންނަ ސަރަހައްދުގައި ޕިކަޕަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު މެންދުރު 12:50 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ދިވެހި ފިރިހެނަކަށް އަނިޔާ ވެ އެމީހާއަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އަންނަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެމީހާ އަށް ލިބުނު އަނިޔާގެ ތަފްސީލް ފުލުހުން ހާމައެއް ނުކުރެއެވެ.

މި އެކްސިޑެންޓް ހިނގި އިރު ސައިކަލު ދުއްވަން އިން މީހާއާއި ޕިކަޕް ދުއްވަން އިން މީހާއަކީ އެ އުޅަނދު ދުއްވުމުގެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ދެމީހުން ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.